ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023: ދެ އަހަރުގެ ތެރޭ ކޮމެޓްސްއާއި ވިންޑް ވޯރިއާސް ދެވަނަ ފައިނަލަކަށް، ފޯރިގަދަވާނެ!

2 aharu therey Comets aai Wind Warriors 2 vana final akah, foari gadhavaane!

ކޮމެޓްސް އަދި ވިންޑްވޯރިއާސް ކުޅުނު މެޗުތަކުގެ ތެރެއިން -- ފޮޓޯ/ކެޕްޗާސް

0

ކޮމެޓްސް ސްޕޯޓްސް ކުލަބަކީ ކެނދިކުޅުދޫގެ އެންމެ ކާމިޔާބު ކުލަބެވެ. އެ ޓީމުން މިހާތަނަށް ވަނީ ރަށު ފެންވަރުގައި ބޭއްވުނު 11 މުބާރާތެއް ކާމިޔާބުކޮށްފައެވެ. އަދި ރަށުން ބޭރުގައި ބޭއްވި މުބާރާތެއްގެ ތަށި ވެސް ވަނީ ހިއްލާލައިފައެވެ. އަނެއްކޮޅުން ވިންޑް ވޯރިއާސްއަކީ މިވަގުތު ކެނދިކުޅުދޫގައި އެންމެ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ އެއް ޓީމެވެ. އެ ޓީމުން ވިންޑްވޯރިއާސްގެ ނަންމަތީގައި ކުޅެން ފެށިފަހުން މިހާތަނަށް މިވަނީ ކުޅުނު ތިން މުބާރާތުގެ ތެރެއިން ދެ މުބާރާތުގެ ފައިނަަލަށް ދަތުރުކޮށްފައެވެ.

ކޮމެޓްސްއާއި ވިންޑް ވޯރިއާސްގެ ތާރީހު ގޮސް ގުޅޭ ހިސާބަކީ 2022 ވަނަ އަހަރު ބޭއްވި ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް މުބާރާތެވެ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމުކުރި އެ މުބާރާތުގައި ކޮމެޓްސްއާއި ވިންޑް ވޯރިއާސް ވަނީ ފައިނަލުގައި ބައްދަލުކޮށްފައެވެ. ފޯރިގަދަ ކުޅުމެއް ފެނުނު އެ މެޗު ހަނި ގޮތަކަށް ކާމިޔާބުކޮށް އެ މުބާރާތުގެ ތަށި އުފުލާލީ ކޮމެޓްސްއިންނެވެ.

އެ މުބާރާތުގެ ފަހުން ވިންޑްވޯރިއާސްއިން ރަނގަޅު ސްކޮޑެއް އެކުލަވާލައި މިފަހަރުގެ މުބާރާތަށް ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ. އެގޮތުން މިފަހަރުގެ މުބާރާތަކީ އެ ޓީމުގެ ފުރަތަމަ ތަށި ހޯދަން ލިބޭނެ ފުރުސަތެއް ކަމަށް އެ ޓީމުގެ މެނޭޖަރު މުހައްމަދު އަހުސަން ހަބީބް ވަނީ ބުނެފައެވެ.

"އިންޝާﷲ ޓީމު އޮތީ 100 އިންސައްތަ ފިޓުކޮށް. އަދި ޓީމުގެ ހުރިހާ ކުޅުންތެރިން އެވެއިލެބަލް ވީމަ ފައިނަލާ ދޓެެތޭ އިތުރަށް ޝައްކެތް ނުކުރަން. ފައިނަލްގައި ދެވަނަ ފަހަރަށް ކޮމެޓްސްއާ ދެކޮޅަށް ކުޅެން ޖެހުމަކީ ފަޚުރެއް ކަމަށް ދެކެނީ. ރަށުގެ އެންމެ ކާމިޔާބު އެއް ޓީމު ކޮމެޓްސްއަކީ. އެހެން ކަމުން އެވަރުގެ ޓީމެއް ބަލިކުރުމަކީ ވަރަށް ބޮޑު ޗެލެންޖެއް. އެކަމަކު މިފަހަރު މިތިބީ ގަދަކޮށް. ތަށްޓާއެކު އިންޝާﷲ ކައިޓު ހަޓަށް އެނބުރި ދާނީ." އަހުސަން ބުންޏެވެ.

ވިންޑް ވޯރިއާސް ފައިނަލަށް ކުރި ދަތުރު:

ވިންޑް ވޯރިއާސްއިން ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފައެވެ. ފުރަތަމަ މެޗުގައި ޑީޓޫ ސްޕޯޓްސް ކުލަބު އަތުން މޮޅުވި އިރު، ދެވަނަ މެޗުގައި އެ ޓީމުން ވަނީ ޓީމް ލަންދޫގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފައެވެ. އަދި ތިންވަނަ މެޗު ފަސޭހަކަމާއެކު ނެބަޓަން އަތުން ކުރި ހޯދީއެވެ. ސެމީ ފައިނަލުގައި އެ ޓީމުން ވާދަކުރީ ކަބަޓާންއާއެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުން ވިންޑްވޯރިއާސް މޮޅުވީ ފަހުވަގުތު ޖެހި ދެ ގޯލުން ލީޑު އަނބުރާ ހޯދައިގެންނެވެ.

އަނެއްކޮޅުން ކޮމެޓްސްއަށް މި މުބާރާތަކީ ވެސް މުހިއްމު މުބާރާތެކެވެ. އެ ޓީމުން ބައިވެރިވަމުން އަންނަ ހުރިހާ މުބާރާތެއްގެ ތަށި ވެސް ހޯދުމުގެ އަޒުމުގައި ހުރިހާ މުބާރާތެއްގައި ވެސް ވާދަކުރާ އިރު، މި މުބާރާތުގެ ތަށްޓަކީ ވެސް ކޮމެޓްސްގެ ޓްރޮފީ ހަރުގަނޑަށް މުހިއްމު ތަށްޓެއް ކަމަށް އެ ޓީމުގެ ކޯޗު އަބްދުﷲ ސުއާދު ބުނެއެވެ.

"ކޮމެޓްސް އެއްވެސް މުބާރާތެއްގައި ބައިވެރި ނުވާނެ ތަށްޓަށް އަމާޒު ހިފައިގެން ނޫނި. ٱلْحَمْدُ لِلَّٰهِ މި މުބާރާތުގެ ވެސް ފައިނަލަށް މިއޮތީ އާދެވިފައި. މިއީ މުޅި ކޮމެޓްސް ސްޕޯޓްސް ކުލަބުގެ ފެމިލީގެ ބުރަ، ހިތްވަރު ގަދަ މަސައްކަތާއި ސަޕޯޓަރުންގެ ލޯބި ކަމުގައި ދެކެން. ފައިނަލަކަށް ނާންނާނެ ބަލި ޓީމެއް. އިދިކޮޅުގައި އޮތް ޓީމަށް އިހުތިރާމް ކުރަން،" ސުއާދު ބުންޏެވެ.

ސުއާދު ބުނީ މިއީ ކޯޗެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރާ ފުރަތަމަ މުބާރާތް ކަމަށާއި، އެހެން ކަމުން އޭނާއަށް މި މުބާރާތް ކާމިޔާބުކުރުން ވެގެންދާނީ ވަރަށް ވެސް ހާއްސަ ކަމެއް ކަމަށެވެ. އަދި މި މެޗު ހާއްސަކޮށްލާނީ މިހާރު ކުލަބު މޯލްޑިވްސް ކަޕް ކުޅެމުންދާ ކޮމެޓްސްގެ ފަޙުރެއް ކަމަށްވާ މުހައްމަދު އައްޒާމުއަށް ކަމަށެވެ. އަދި އޭނާއަށް ފައިނަލަށް ނާދެވުމަކީ އިދިކޮޅު ޓީމަށް ލިބޭނެ ހިތްވަރަކަށް ވާނެ ކަމަށް ސުއާދު ބުންޏެވެ.

ކޮމެޓްސް ފައިނަަށް ކުރި ދަތުރު:

ކޮމެޓްސްއިން ގުރޫޕް ސްޓޭޖުގައި ހަތަރު މެޗެއް ކުޅުނު އިރު، ތިން މެޗުން ވަނީ މޮޅުވެފައެވެ. އަދި އެއް މެޗުން ވަނީ އެއްވަރުވެފައެވެ. ފުރަތަމަ މެޗުގައި ކަބަޓާންއާ ވާދަކޮށް އެއްވަރުވި ނަމަވެސް ދެން އައި މެޗުތަކުގައި އެސްއެސްބީ އަދި ކެނދިކުޅުދޫ އެފްސީގެ 19 އަހަރުން ދަށުގެ ޓީމާއި ހާމަނޯސް ވަނީ ބަލިކޮށްފައެވެ. ސެމީ ފައިނަލުގައި ޓީމް ލަންދޫއާ ދެކޮޅަށް ކުޅެ ބޮޑު ތަފާތަކުން ކޮމެޓްސް ވަނީ އެ މެޗުން މޮޅުވެފައެވެ.

މިއަދުގެ ފައިނަލް މެޗު ފަށާނީ ހަވީރު 4:15 ގައެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދި މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.

ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯންޏެވެ.

މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1