ރ. އުނގޫފާރު ހޮސްޕިޓަލް
ރ. އުނގޫފާރު ހޮސްޕިޓަލުގައި ނަފްސާނީ ފަރުވާއަށް ޚާއްސަ ޑިޕާޓްމަންޓްގެ ޚިދުމަތް އަންނަ ހަފްތާގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
އަތޮޅުތެރޭގެ ހޮސްޕިޓަލްތައް ތަރައްގީކުރުމަށް މިސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އުނގޫފާރު ހޮސްޕިޓަލުގައި އާ ޚިދުމަތްތައް ފަށައި އިމާރާތަށް ގެންނަން ޖެހޭ ބަދަލުތައްވެސް އަންނަނީ ގެންނަމުންނެވެ.
އެގޮތުން ނަފްސާނީ ބަލީގެ ފަރުވާއަށް ޚާއްސަ ޑިޕާޓްމަންޓެއް މިހާރު ގާއިމްކޮށްފައިވާއިރު، އަންނަ ހަފްތާގައި އެތަން ހުޅުވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިއީ 5.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކޮށްފައިވާ ޑިޕާޓްމަންޓެކެވެ.
މިޑިޕާޓްމަންޓް ތަރައްގީކޮށްފައިވަނީ ނަފްސާނީ ބަލިތައް ދެނެގަނެ އަދި ފަރުވާވެސް ފޯރުކޮށްދެވޭނެ ގޮތަށެވެ. ޚިދުމަތްތައް ގާއިމްކޮށްފައިވަނީ އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހިއްޖެ ފަދަ ހާލަތެއްގައި އެކަންވެސް ކުރެވޭ ގޮތަށެވެ.
މިޑިޕާޓްމަންޓް ހުޅުވުމާއެކު އުނގޫފާރާއި ކައިރި ރަށްރަށުގެ ރައްޔިތުންނަށްވެސް މާލެ ސަރަހައްދުގެ ނަފްސާނީ ބަލީގެ ފަރުވާއަށް ޚާއްސަ ކްލިނިކްތަކުން ފަރުވާ ހޯދުމަށް އައުމުގެ ބަދަލުގައި މިހޮސްޕިޓަލުން ފަރުވާ ހޯދޭނެއެވެ.
ސަރުކާރު ހޮސްޕިޓަލެއްގައި ނަފްސާނީ ބަލީގެ ފަރުވާގެ ޚިދުމަތް ފުރަތަމަ ފަހަރަށް ގާއިމްކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރުއެވެ. އައިޖީއެމްއެޗްގައި އެކްލިނިކް ހުޅުވުމަށްފަހު އޭގެ ފަހުން ހުޅުމާލޭގައިވެސް އެފަދަ ކްލިނިކެއް ހުޅުވައި، އެ ޚިދުމަތް އަތޮޅުތެރެއަށް ފުޅާކުރުމުގެ މަސައްކަތް މިސަރުކާރުން އަންނަނީ ކުރަމުންނެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1