ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު
ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ތިން ސަރަހައްދެއްގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށް އަރބަންކޯއިން ބުނެފިއެވެ.
މިމަޝްރޫއުގެ ދަށުން އޭރިއާ އޭ(A)، ބީ(B)، އީ(E) އަދި އެފް(F) ގެ އަމަލީ މަސައްކަތް ފަށާފައިވަނީ ވަނީ 14 ސެޕްޓެމްބަރުގައިކަމަށް އެކުންފުން މައުލޫމާތުދެއެވެ.މި މަޝްރޫއަކީ އަރބަންކޯ އަދި ޗައިނާ ހާރބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑް އާ ގުޅިގެން ކުރިއަށްގެންދެވޭ މަޝްރޫއެކެވެ.
އެގޮތުން ތިލަފުށީގެ އޭރިއާ ސީ(C) އަދި ޑީ(D) ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ގެންދަމުންދާއިރު، މިހާރު ފަށާފައިމިވަނީ އޭރިއާ ބީ(B) ގެ ބިންހިއްކުމުގެ މަސައްކަތްކަމަށް އެކުންފުނިން ބުނެއެވެ. މި މަސައްކަތުގެ ތެރެއިން އެރިއާ އޭ(A) އިން 71.5 ހެކްޓަރުގެ ބިން ހިއްކިގެންދާއިރު، އެރިއާ ބީ(B) އިން 39.6 ހެކްޓަރުގެ ބިން ހިއްކިގެންދާނެއެވެ. އަދި މީގެ އިތުރުން އޭރިއާ އީ(E) އިން 5.9 ހެކްޓަރުގެ ސަރަޙައްދެއް ހިއްކިގެންދާއިރު އޭރިއާ އެފް(F) އިން 0.73 ހެކްޓަރު ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.
ތިލަފުށީގެ ބިންހިއްކައި ތަރައްޤީ ކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަޙައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުސަތުތައް ހޯދައިދިނުންކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އިންޑަސްޓްރިއަލް މަސައްކަތްތަކަށް އިންޤިލާބީ ކުރިއެރުމެއް ލިބިގެންދާނެކަމަށާއި މީގެ އިތުރުން މާލެ ސަރަޙައްދު ތަރައްޤީކުރުމަށްވެސް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެކަމަށް އެކުންފުނިން ބުނެއެވެ. އެއާއެކު އިންޑަސްޓްރިއަލް މަސައްކަތްތައް މާލެ ސަރަޙައްދުން ތިލަފުށްޓައް ބަދަލުކުރުމުން މުޖަތަމަޢަށް އަދި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށްބޮޑަށް ކުޑަކުރެވިގެންދާނެކަމަށް އަރބަންކޯއިން މައުލޫމާތުދެވެ.
ތިލަފުށީގެ ބިންހިއްކުމުގެ މަޝްރޫޢަކީ ދިވެހި ސަރުކާރުގެ ލަފަޔާ އިރުޝާދުގެ ދަށުން މީހުން ދިރިއުޅޭ ސަރައްޙައްދުތަކާއި ދުރުގައި ސިނާއީ މަސައްކަތްތައް ހިންގުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އަރބަންކޯއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެގޮތުން ތިލަފުށީގެ މާސްޓަރ ޕްލޭންގެ ދަށުން ބޮޑެތި ބިންތައް ދޫކުރެވި އެކި އެކި އުމްރާނީ މަސައްކަތްތައް ކުރުމަށް ޖާގަ ލިބިގެންދާނެކަމަށް އެކުންފުނިން ބުނެއެވެ. އަދި ތިލަމާލެ ބްރިޖުން ހުޅުމާލެ، މާލެ، ވިލިމާލެ، އަދި ގުޅީފަޅު ތިލަފުށްޓާއި ގުޅުވާލެވުމުން އިގްތިޞާދީ ގޮތުން އިންޤިލާބީ ކުރި އެރުންތަކެއް ލިބިގެންދާނެކަމަށް އެކުންފުނިން ދެކެއެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1