ވިންޑް ވޯރިއާޒް ޓީމުގެ ކުޅުންތެރިން
ދި މެންގްރޫވް އައިލަންޑް ރިޒޯޓް ބޯއީޒް ފުޓްސަލް ކަޕްގެ ފައިނަލް މެޗު މިމަހުގެ 13 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.
ނ. ކެނދިކުޅުދޫގައި ކުރިއަށްދާ މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ފުރަތަމަ ހަމަޖެހިފައި އޮތީ މިމަހުގެ 12 ވަނަ ދުވަހުއެވެ. މުބާރާތް އިންތިޒާމްކުރާ ފަރާތުން އާންމުކުރި އިއުލާނުގައިވާ ގޮތުން ފައިނަލު މެޗު ލަސްކުރަން ޖެހުނީ 12 ވަނަ ދުވަހު ޔޫތު މިނިސްޓްރީގެ ޚާއްސަ ހަރަކާތެއް އެދުވަހު އޮތުމުން ކަމަށެވެ.
ފައިނަލު މެޗު ކުޅޭ ދުވަސް ބަދަލުކޮށްފައިވަނީ މުބާރާތުގެ ގަވާއިދުގައިވާ "ތާރީޚަށް ބަދަލުގެނައުން" ޖަދުވަލާއި އެއްގޮތަށްކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ.
ދި މެންގްރޫވް އައިލަންޑް ރިޒޯޓް ބޯއީޒް ފުޓްސަލް ކަޕްގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ ކެނދިކުޅޫދޫގެ ދެ ޓީމުކަމަށްވާ ކޮމެޓްސް ސްޕޯޓްސް ކްލަބް އަދި ވިންޑް ވޯރިއާޒްއެވެ.
ކޮމެޓްސް ސެމީ ފައިނަލަށް ދަތުރު ކުރީ ގުރޫޕު އޭގައި ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށް އެ ގުރޫޕުގެ އެއްވަނައިގެ ގޮތުގައެވެ. ވިންޑް ވޯރިއާޒްވެސް ސެމީއިން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ގުރޫޕް ބީ ގެ އެއްވަނައިގެ ގޮތުގައެވެ.
ކޮމެޓްސް ފައިނަލަށް ދަތުރުކުރީ ޓީމް ލަންދޫއާއި ބައްދަލުކޮށް 1-6 އިން މޮޅުވެގެންނެވެ. ވިންޑް ވޯރިއާޒްއިން ފައިނަލަށް ދަތުކުރީ 2-4ގެ ނަތީޖާއަކުން ކަބަޓާން ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މިމުބާރާތުގައި ޖުމްލަ 9 ޓީމަކުން ވާދަކުރިއެވެ. އެއީ މުބާރާތް ކުރިއަށްދާ ރަށް، ކެނދިކުޅުދޫއިން 5 ޓީމާއި ނ އަތޮޅުގެ އެހެން ރަށްތަކުން 4 ޓީމެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދި މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.
ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯންޏެވެ.
މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1