ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު
ރާއްޖޭގެ ތާރީހުގައި ވެސް ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް މިހާ ވަރަށް މަސައްކަތް ކުރާ ރައީސަކު ނުފެންނާނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހއ. ދިއްދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ދުވަހަކު ވެސް ލާމަރުކަޒީ ނިޒާމަށް ކުރިއެރުން ނުލިބޭ މިންވަރަށް މި ވެރިކަމުގައި ލިބިގެންދާނެ ކަމަށެވެ.
"ހުރިހާ ކައުންސިލަރުންނާ ބައްދަލުކުރައްވައި ނިންމާލީއެއް ނޫން، ހަގީގީ ބާރުވެރިކަމަކީ މާލީ ބާރުވެރިކަން. ކައުންސިލްތަކަށް އެ ބާރުވެރިކަން ހޯދައި ދިނުމަށް ގާނޫނީ ތަރަހައިގެ ތެރެއިން ކޮންމެ ކައުންސިލަކަށް ފަޅު ރަށެއް ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފަ،" މިނިސްޓަރު ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމަށް ލިބޭ ކޮންމެ ކުރިއެރުމަކީ ރައްޔިތުންނަށް ލިބޭ ބާރުވެރިކަމެއް ކަމުގައި ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި ވައުދުތައް ފުއްދަވައި އިންގިލާބީ ބަދަލުތަކެއް ގެންނަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓެއް ހޮވުމަކީ މިއަދު ގައުމީ އަދި ވަތަނީ ޒިންމާއެއް ކަމުގައި ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުއިއްޒު، އިދިކޮޅު އެމްޑީޕީއަށް އެއްވެސް ދަތިކަމެއް ކުރިމަތި ނުކުރާއިރު، އެމްޑީޕީން އެތައް ދުނދަގޫތަކެއް ސަރުކާރަށާއި ރައީސަށް ކުރަމުންދާ ކަމަށެވެ.
"ވެގެން ވާނަމަ ރައީސްގެ ފައިގައި ދަތި އަޅުވައި ވައްޓާލާނެ، އެހާ އުނދަގޫ ކުރަމުން އެދަނީ. ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި ރައީސާއެކު މަސައްކަތް ކުރައްވާނެ ބޭފުޅަކު މަޖިލީހަށް ހޮވުމަކީ ވަތަނީ ޒިންމާއެއް،"
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1