1 ޑިސެންބަރު 2023
0
ހަމަލާތައް މެދުކަނޑާލާފައި އޮތް މުއްދަތު ހަމަވުމާ އެކު މިއަދު އަނެއްކާ ވެސް އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފަށައިފިއެވެ.
މިދިޔަ ހަފުތާގެ ހުކުރު ދުވަހު ހެނދުނު ހަމަލާތައް މެދުކަނޑާލާފައިވާއިރު، ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވެފައިވާ މުއްދަތު ހަމަވެފައިވަނީ މިއަދު ހެނދުނެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވިތާ 30 މިނެޓް ތެރޭގައި އިސްރާއީލުން ވަނީ ހަމަލާތައް ދޭން ފަށާފައެވެ.
އިސްރާއީލުން ހަމަލާތައް ދޭން ފަށާފައި ވަނީ ޣައްޒާގެ ދެކުނަށެވެ. އޭގެ ތެރޭގައި ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ އައްބާސަން ކޮމިޔުނިޓީ ވެސް ހިމެނޭ ކަމަށް ފަލަސްތީނުގެ އިންޓީރިއާ މިނިސްޓްރީން ބުނެއެވެ. ޣައްޒާގެ ދެކުނަކީ މީގެ ކުރިން އިސްރާއީލުން ރައްކާތެރި ކަމަށް ބުނެފައިވާ ތަނެކެވެ.
އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށި ނަމަވެސް ޤަތަރާއި މިސްރުން އަދިވެސް އަންނަނީ ހަމަލާތައް މެދުކަނޑާލާފައި ބޭއްވުމާމެދު މަޝްވަރާތައް ކުރަމުން ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ހަފުތާއެއްހާ ދުވަހަށް ހަމަލާތައް މެދުކަނޑާލާފައި އޮތް މުއްދަތުގައި އިސްރާއީލުގެ ޖަލުތަކުން 240 ފަލަސްތީނު މީހުން މިނިވަންކޮށްފައިވާއިރު، ބަދަލުގައި 100 އަށް ވުރެ ގިނަ އިސްރާއީލުގެ އަސީރުން ހަމާސްއިން ވަނީ ދޫކޮށްލާފައެވެ. ފަލަސްތީނުގެ އާންމުންނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓައިލުމަށް އިސްރާއީލަށް ވާގިވެރިވާ އެމެރިކާއިން އަންނަނީ ޕްރެޝަރު ކުރަމުންނެވެ.
0%
0%
0%
0%
0%
16 މާރިޗު 2024
0
26 ފެބުރުވަރީ 2024
0
7 ޑިސެންބަރު 2023
0
24 ނޮވެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1