24 ނޮވެންބަރު 2023
0
ހަތަރު ދުވަހުގެ މުއްދަތަކަށް އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް މިއަދު ހުއްޓާލަން ހަމާސްއާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރި، ގަތަރުން ބުނެފި އެވެ. އިސްރާއިލުން މި ހަމަލާތައް ހުއްޓާލާފައި ވަނީ މިއަދު ރާއްޖެ ގަޑިން 10:00 ޖަހާއިރު އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގަތަރުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ މިއަދުގެ ހެނދުނު ހަނގުރާމަ ހުއްޓައިލުމަށްފަހު އަސީރުންގެ ފުރަތަމަ ބެޗު މިނިވަން ކުރާނީ ރާއްޖެ ގަޑިން މިރޭ އަށެއް ޖަހާއިރު ކަމަށެވެ. އަސީރުން މިނިވަން ކުރުމަށް ފުރަތަމަ ނިންމާފައި ވަނީ ހަމާސްއިންނެވެ. ރާއްޖެ ގަޑިން މިރޭ 8:00 ޖަހާއިރު، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ 13 އަސީރުން މިނިވަން ކުރާނެ އެވެ. އޭގެތެރޭގައި ގިނައިން ހިމެނޭނީ ކުޑަކުދިންނާއި އަންހެނުން ކަމަށް ހަމާސްއިން ބުނެ އެވެ.
އަސީރުންގެ ފުރަތަމަ ބެޗު ހަމާސްއިން މިނިވަން ކުރުމާއެކު ގާޒާއަށް ވަނުމަށް ރަފާހު ބޯޑަރުގައި ފުނި ޖެހިފައި ތިބި އިންސާނީ އެހީގެ ގާފިލާތަކަށް ބޯޑަރު ހުރަސްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެ މުއްދަތުގައި އިޒްރޭލުން ވެސް އެއްބަސްވެފައި ވާގޮތަށް އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އަސީރުން މިނިވަން ކުރަމުން ގެންދާނެ އެވެ. ނަމަވެސް އިޒްރޭލުން މާދަމާ މިނިވަން ކުރާނީ ކިތައް އަސީރުން ކަމެއް ސާފު ނުވާ ކަމަށް ގަތަރުން ބުނެ އެވެ.
ހަނގުރާމަ މެދުކެނޑުމަށް އެއްބަސްވެފައިވާއިރު، މިހަނގުރާމައިގެ ތެރޭގައި ފަލަސްތީނުގެ 14،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އަދި 35،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.
ހަތަރު ދުވަހަށް ހަނގުރާމަ މެދުކަނޑައިލުމަށް ނިންމަކީ ވެސް ރަނގަޅެއް ނަމަވެސް އެއީ ގާޒާގެ ހާލަތާ އަޅައި ބަލާއިރު، އެހީ ފޯރުކޮށްދޭން އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް އެހީ ފޯރުކޮށްދޭ ބައިިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ބުނެ އެވެ.
0%
0%
0%
0%
0%
16 މާރިޗު 2024
0
26 ފެބުރުވަރީ 2024
0
7 ޑިސެންބަރު 2023
0
1 ޑިސެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1