އެސްޓީއޯ
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ދަށަށް ހިނގައްޖެއެވެ.
އެސްޓީއޯއިން އާންމުކުރި ކުއާޓަރލީ ރިޕޯޓުގައިވާ ގޮތުން ފުރަތަމަ ކުއާޓަރަށްވުރެ ދެވަނަ ކުއާޓާރުގައި ލިބުނު އާމްދަނީ ދަށަށް ގޮސްފައެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 3.8 ބިލިއަން ރުފިޔާއެވެ. މިއީ 15 އިންސައްތައިގެ ދަށްވުމެކެވެ.
އެސްޓީއޯއިން ހާމަކުރާ ގޮތުގައި އާމްދަނީ ދަށްވެފައި މިވަނީ ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބަދަލާއެކު އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށްވެސް ބަދަލު ގެނައުމުންނެވެ.
އެސްޓީއޯއިން ދާދިފަހުން ވަނީ ހުޅުމާލޭގައި އައު ފިހާރައެއްވެސް ހުޅުވާފައެވެ. މިފިހާރައަކީ ކޭޝިއަރަކާއި ނުލައި ހިންގަމުން އަންނަ ސްމާޓް ފިހާރައެކެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1