އާ އިންޖީނު ގޭގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ކ. ދިއްފުށީގައި އިމާރާތްކުރާ ޒަމާނީ އިންޖީނު ގޭގެ ބިންގާ އަޅައިފި އެވެ.
މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ އާއި ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން މުހައްމަދު ލަތީފް އަދި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްއެވެ.
އާ އިންޖީނު ގޭގެ ބިންގާ އެޅުމަށާއި އިންޖީނު ގޭގެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެނޭޖިން ޑިރެކްޓަރ ފަހުމީ ވިދާޅުވީ ދިއްފުށީގައި އިންޖީނުގެ މިހާރު ހުރީ ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައި ކަމުން ރައްޔިތުންނަށް އޭގެން އުނދަގޫތަކެއް ވަމުންދާ ކަމަށެވެ.
އެހެންކަމުން ރައްޔިތުންނަށް އުނދަގޫ ނުވާނެ ސަރަހައްދެއްގައި އަލަށް ގާއިމްކުރެވިގެންދާ އިންޖީނުގެ ވެގެންދާނީ އެންމެ ޒަމާނީ ހިދުމަތްތައް ހިމެނޭ އިންޖީނުގެއަކަށް ކަމަށް ފަހުމީ ވިދާޅުވި އެވެ. އަދި މި އިންޖީނުގޭގެ މަސައްކަތް ކުރިއަށް ދާނީ ސީދާ ސްޓެލްކޯގެ ހަރަދުގައި ކަމުން އެއްވެސް ބުރުލެއް ނާރައި މި މަސައްކަތް ކުރިއަށް ދާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.
"މި މަޝްރޫއަކީ ސީދާ ސްޓެލްކޯގެ ހަރަދުގައި ކުރިއަށްދާ މަޝްރޫއުއެއް ކަމުން، މަޝްރޫއު ކުރިއަށް ގެންދިއުމަށް އެއްވެސް ބުރޫއެއް ނާރާނެ، ކޮންޓްރެކްޓަރަށް ހިތްހަމަޖެހުމާއިއެކު މަސައްކަތް ކުރެވޭނެ މާޙައުލު އޮންނާނެ" ފަހުމީ ވިދާޅުވި އެވެ.
އިއްޔެ ބިންގާ އެޅި އިންޖީނުގެއަކީ ޒަމާނީ ހިދުމަތްތައް ދިނުމަށް އެކަށޭނަ މިންގަނޑުތަކަށް ފަރުމާކޮށް، ދުރު ރާސްތާގައި ދިއްފުއްޓަށް ކަރަންޓު ބޭނުންވާ މިންވަރު އިތުރުވެގެންދާ ނިސްބަތުން ހިދުމަތް ފުޅާކުރެވޭނެ ފަދައިން ގާއިމްކުރުމަށް ނިންމާފައިވާ އިންޖީނުގެއެއް ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ދިއްފުށީ އައު އިންޖީނުގޭގެ މަސައްކަތް ނިމިގެންދާއިރު އެ ތަނުގައި ޒަމާނީ އިންޖީނު ރޫމަކާއި ކޮންޓްރޯލް ރޫމެއްގެ އިތުރުން އިންޖީނުގެ ހިންގުމަށް ބޭނުންވާ އެކިއެކި ވަޞީލަތްތަކާއި އޮފީސް އިމާރާތެއް ގާއިމްކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ރަސްމިއްޔާތުގެ ހަވާސާގައި ސްޓެލްކޯއިން ވަނީ އެ ރަށުގައި 1000 ގަސް އިންދާފައެވެ. މިއީ ކުރިއަށް އޮތް 5 އަހަރުތެރޭގައި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް އަމާޒުކޮށް މި އަހަރުގެ ދުނިޔޭގެ ތިމާވެށިގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވި ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ސްޓެލްކޯއިން ފަށާފައިވާ ގަސް އިންދުމުގެ މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި މަޝްރޫއުގެ ތެރެއިން ކުރިއަށްއޮތް ފަސް އަހަރު މަދުވެގެން 500،000 ގަސް އިންދުމަށް ސްޓެލްކޯއިން ވަނީ ނިންމާފަ އެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1