މޭރީ ގްރޭސް މަރު މައްސަލާގައި ދައުވާކޮށްފައިވާ މާވިން އަދި ލަމްހާ
އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާކުރާ ހަލީމަތު ލަމްހާގެ ޝަރީއަތް ދިގުލައިގެން ދާތީ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ލަމްހާ ބަންދުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހުގަ އެވެ. އެއީ ކޮންމެ ދުވަހެއްގެ ރޭގަނޑު 10:00 އިން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުކުތުން މަނާކޮށް، އަދި މާލޭން ބޭރަށްދާނަމަ ކޯޓުގެ ހުއްދަ ހޯދުމަށް ޝަތުރުކޮށްފަ އެވެ.
އައިޖީއެމްއެޗުގައި ވަޒީފާ އަދާކުރަމުން ދިޔަ މޭރީ މަރުވީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކަ އެވެ. ފުލުހުންގެ ތަހުގީގު ނިންމުމަށް ފަހު އޭނާ މަރާލުމުގެ ދައުވާ އުފުލީ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށެވެ. މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ލަމްހާއަކީ މާވިންގެ ލޯބިވެރިޔާ އެވެ.
ލަމްހާގެ ބަންދު މުރާޖައާ ކުރުމަށް، އޭނާގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަށް ގޮތެއް ނިންމަވަމުން، މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވީ ޝަރީއަތް ދިގުލައިގެންދާއިރު ތުހުމަތެއްގައި ހުރުމަކުން ބަންދުގައި މާ ގިނަ ދުވަހަކު ބެހެއްޓުން އެއީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ. އެހެންވެ 180 ދުވަހުގެ މުއްދަތަކަށް، ޝަރުތުތަކާއެކު ލަމްހާ ބަންދުން ދޫކޮށްލުމަށް ގާޒީ އަމުރު ކުރެއްވި އެވެ. 180 ދުވަހަކީ ގާތްގަނޑަކަށް ތިން މަސް ދުވަހެވެ.
ލަމްހާއަކީ ކުށުގެ ރެކޯޑެއް މީގެ ކުރިން އޮތް މީހަކަށް ނުވެފައި، ނަމަވެސް މީހަކު މަރާލުމުގައި ބައިވެރިވުމުގެ ތުހުމަތު އޮތް މީހަކަށް ވާތީވެ، މުޖުތަމައަށް ނުރައްކާ އޮތް ކަމަށް ބެލެވޭނަމަ، ޓެގު އަޅުވާފައި އޭނާ ހުންނަ ތަން ބެލޭނެ ގޮތަށް ވިޔަސް ލަމްހާ ދޫކޮށްލުމަށް ވަކީލުން ކުރިން ބޭއްވި އަޑުއެހުމުގައި އެދިފައިވެ އެވެ.
ނަމަވެސް ފައިގައި ޓެގް އެޅުވުމުގެ ނުކުތާއަށް ގާޒީ ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1