ޝަމްނާޒް މިވަގުތު ހުރީ ބަންދުގައި
އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒް އަލީއާ ދެކޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިހުރުގެ މައްސަލައެއް ހުށަހަޅުއްވާފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ޝަމްނާޒ އާއި އިތުރު ދެ މީހަކު ބައިވެރިވެގެން ރައީސަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި އެ މީހުން ބަންދުކޮށްފައިވާ ކަމަށް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެ އެވެ. އެ ވާހަކަތައް ބައިނަލްއަގްވާމީ މީޑިޔާތަކުގައި ވެސް ރިޕޯޓުކޮށްފައިވެ އެވެ.
ޝަމްނާޒް މިވަގުތު ހުރީ ބަންދުގަ އެވެ. އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފައިވެ އެވެ.
ރައީސްގެ ފަރާތުން މި މައްސަލަ ހުށަހަޅުއްވާފައި ނުވާ ކަމަށް ހީނާ ވިދާޅުވި ނަމަވެސް ޝަމްނާޒަށް ކުރެވޭ ސިހުރުގެ ތުހުމަތުތައް އެއްވެސް ފަރާތަކުން ދޮގުކޮށްފައެއް ނުވެ އެވެ.
އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވެސް ވަނީ މި މައްސަލައާ ރައީސް ޑރ. މުއިއްޒުއާ ގުޅުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
ޝަމްނާޒް މި ވަގުތު މަގާމުން ސަސްޕެންޑް ކޮށްފައިވާއިރު އޭނާގެ ކުރީގެ ފިރިމީހާ އާދަމް ރަމީޒު ވެސް ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރުމުގެ ކުރިން ރައީސް ޑރ. މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު ޝަމްނާޒް ވެސް މަސައްކަތް ކުރެއްވީ މާލެ ސިޓީ ކައުންސިލްގަ އެވެ.
އޭނާ ހައްޔަރު ކުރިއިރު އަހަރު ނުފުރޭ ތުއްތު ކުއްޖެއް ވެސް ހުރެ އެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
27 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1