ސުޓެލްކޯ ބިލްޑިންގް
ރޯދަ މަހުގެ ކަރަންޓް ބިލުގެ ޑިސްކައުންޓަށް 45 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެކަމަށް ފެނަކަ އަދި ސުޓެލްކޯ އިން ބުނެފިއެވެ.
މިކަމާއި ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ފަހުމީ އަދި ފެނަކައިގެ މެނޭޖިން ޑިރެކްޓާރ މުއާޒް ވަނީ އެ ދެކުންފުނިން ރޯދަމަހުގެ ފެނާއި ކަރަންޓުގެ ބިލަށް ދީފައިވާ ޑިސްކައުންޓުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
ސްޓެލްކޯގެ މެނެޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ފާއިތުވީ ރަމަޟާންމަހު ސްޓެލްކޯއިން 20 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ފެނާއި ކަރަންޓުން ދީފައިވާއިރު ރޯދަ މަހު ފޮނުވި ބިލަށް ހުރިހާ ޑޮމެސްޓިކް ކަސްޓަމަރުންނަށްވެސް ޑިސްކައުންޓް ދީފައިވާ ކަމަށާއި، އަލަށް ކަރަންޓުލީ ފަރާތްތަކަށްވެސް އެ ޑިސްކައުންޓް ދީފައިވާ ކަމަށެވެ.
ފަހުމީ މިއަދު ވިދާޅުވީ ރޯދަ މަހު ކަރަންޓުގެ ޕީކް އުޅެނީ ހަވީރު 4 އަކުން 6 އަކާއި ދޭތެރޭގައި ކަމަށާއި، މާލޭގެ 48،000 ކޮންސިއުމަރުންނަށް ރޯދަ މަސް ފެށުނު ދުވަހާއި ނިމުނު ދުވަހު ރީޑިން ނަގާ ހަމައެކަނި ރޯދަމަހަށް ބިލު ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވިކަމަށެވެ.
ފަހުމީ ވިދާޅުވީ އެގޮތުގެ މަތިން ޑިސްކައުޓް ދިނުމަކީ ދެމެހެއްޓިނިވި ގޮތެއްގެ މަތިން ކުރެވޭނެ މަސައްކަތެއް ނޫންކަމަށާއި އެހެންނަމަވެސް ރައީސް ޑރ މުހައްމަދު މުއިއްޒުއަށް އެކަން އެގޮތުގެ މަތިން ކުރެއްވުމަށް ފެނިވަޑައިގަތީ ރާއްޖޭގެ އިގްތިސާދީ ހާލަތުގެ ސަބަބުން ރައްޔިތުންނަށް ދަތިތައް ހުރިކަމަށްވުމުން ލުއިތަކެއް ލިއްބައިދިނުމަށްކަމަށާއި އެއީ އޯގާތެރި ނިންމުމެއްކަމަށެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1