ރިޝްވަތަށް މަގުފަހިވާ އެންމެ ބޮޑު ސަބަބަކީ ރިޒްގަކީ މާތް ﷲ ދެއްވާ އެއްޗެއްކަން ގަބޫލުނުކުރެވުން: ޚުތުބާ

Rishvathah magufahivaa emme bodu sababy rizq aky maaih Allah dhevvaa echekah gaboolu nukurevun: Huthuba

0

ރިޝްވަތު ދިނުމަށް މަގުފަހިވާ އެމްމެ ބޮޑު ސަބަބަކީ ރިޒްގަކީ މާތް ﷲ ދެއްވާ އެއްޗެއްކަން ގަބޫލުނުކުރެވުން ކަމަށާއި، މިންވަރަށް އީމާން ނުވުމަކީ ރިޝްވަތަށް މީހާގެ ނަފްސު ހުށައެޅޭނެ ކަމެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނީ، ރިޝްވަތުގައި މެދުވެރިއަކަށްވާ މީހާ އާއި ރިޝްވަތު ހިފާ މީހާއަށް ﷲ ލައުނަތް ލައްވާފައި ވާކަމަށެވެ. އަދި ރިޝްވަތުގެ ކަންކަން އާންމުވެއްޖެ މުޖުމަތައު އެއްގައި ހަމަޖެހުމާއި އަމާންކަން ގެއްލި، ރުޅިވެރިކަމާއި އަދާވާތްތެރިކަމުގެ ޝިކާރަކަށް އެ މުޖުތަމައު ވާނެކަމަށް ޚުތުބާގައި ބުންޏެވެ.

"ރިޝްވަތަކީ، ތިމާއަށް ހައްގު ނޫން ކަމެއް ނުވަތަ ހައްގު ނޫން އެއްޗެއް ނުވަތަ ހައްގު ނޫން މަންފާއެއް ލިބިގަތުމަށް، ނުވަތަ ތިމާ ކަމަކުން ބަރީއަވެ، ސަލާމަތް ވުމަށް ފައިސާ ވުވަތަ އެނޫންވެސް އެއްޗެއް، މީހަކަށް ނުވަތަ ބަޔަކަށް ހޯދައި ދިނުމެވެ،" ޚުތުބާގައި ބުންޏެވެ.

ރިޝްވަތަށް މަގުފަހިވާ ވަރަށް ގިނަ ސަބަބުތައް އިލްމުވެރިން ބަޔާންކުރައްވާފައި ވާކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން، އެކަމުގައި ބައިވެރިވާ މީހުންގެ އީމާންތެރިކަން ނެތުމާއި، ރިޒުގު ދެއްވަނީ ﷲކަން ގަބޫލު ނުކުރެވުން ހިމެނެއެވެ.

"ދެވަަނަ ކަމަކީ ތިމާއަށް ލިބޭ މިންވަރަށް ޝުކުރުވެރި ނުވުމާއި، ތިމާއަށްވުރެ ތަނަވަން މީހުން އުޅޭ ގޮތަށް އުޅޭ ހިތްވުމެވެ. މިންވަރަށް އީމާން ނުވެވެނީއެވެ. މާ އަވަހަށް މުއްސަނދި ވާން ބޭނުން ވަނީއެވެ،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ވަރަށް ގިނަ މުޖުތަމައުތަކުގައި ރިޝްވަތު އަމަލުތައް އާއްމުވެފައިވާ ކަމަށާއި، ބައެއް މުޖުތަމައުތަކުގައި ކޮންމެވެސް ގޮތަކުން ކޮންމެވެސް މިންވަރެއްގެ ރިޝްވަތަކައި ނުލައި އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ. މިފަދަ މުޖުތަމައުތަކުގައި އަދުލު އިންސާފު ގާއިމް ކުރުމަށް ހުންނަ އިދާރާތަކުގައި ވެސް ރިޝްވަތާއި ރިޝްވަތުގެ އަމަލުތައް އިތުރުވެފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނީ މިފަދަ ކަންކަމަކީ ގައުމާއި މުޖުތަމައު ހަލާކުގެ ތެރެއެއަށް ވެއްޓިގެން ދިއުމަށް މެދުވެރިވެގެންދާ ކަންކަމެއް ކަމަށާއި، ގައުމުގެ ތަރައްގީގެ ދުވެލި މަޑުޖެހި ކުރިއެރުމަށް ހުރަސްއެޅޭ ކަންކަމެއް ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ރިޝްވަތަކީ ހަދިޔާއެއް ނޫން ކަމަށާއި، އެއީ ހައްގާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި ބޭނުންކުރެވޭ ވަރުގަދަ ޒަހަރެއް ކަމަށެވެ. އަދި މުޖުތަމައުގެ ސަފުތައް ރުޅާލާ ފިތުނައެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

"ރިޝްވަތަކީ ތިމާއަށް ހައްގު ނޫން ކަމެއް ނުވަތަ ހައްގު ނޫން އެއްޗެއް ނުވަތަ ހައްގު ނޫން މަންފާއެއް ލިބިގަތުމަށް ނުވަތަ ކަމަކުން ބަރީއަވެ ސަލާމަތްވުމަށް ފައިސާ ނުވަތަ އެނޫން ވެސް އެއްޗެއް މީހަކަށް ނުވަތަ ބަޔަކަށް ހޯދައި ދިނުމެވެ. ހަމަކަށަވަރުން ރިޝްވަތު ދޭ މީހާއާއި ރިޝްވަތު އުފުލާ މީހާ އެބަހީ ރިޝްވަތު ދިނުމުގައި މެދުވެރިޔަކަށްވާ މީހާއާއި ރިޝްވަތުގައި ހިފާ މީހާއަށް މާތްﷲ ވަނީ ލައުނަތް ލައްވާފައެވެ. ރަސޫލާ ހަދީސް ކުރައްވާފައިވެއެވެ. މާނައީ: ރިޝްވަތު ދޭ މީހާ އާއި ރިޝްވަތު ހިފާ މީހާއަށް މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ލައުނަތް ލެއްވިއެވެ."

ޚުތުބާގައި ބުނީ އެންމެ ހަލާލު އެއްޗަކީ ހަލާލު މަސައްކަތް ކޮށްގެން އިންސާނާ އަމިއްލައަށް ހޯދާ އެއްޗެއް ކަމަށެވެ. އޭގައި ބަރަކާތްލެއްވިގެންވާ ކަމަށާއި، އޭގެ ސަބަބުން ތިމާއާއި ތިމާގެ ހަޔާތުގައި ބާއްޖަވެރިކަން ލެއްވިގެންވާ ކަމަށެވެ. އެހެންކަމުން ދުންޔަވީ ވަގުތީ ހިތްހަމަ ޖެހުމަށް ރިޝްވަތުގައި ހިފުމުގެ ބޭނުމެއް ނެތް ކަމަށާއި، އެކަމުން ދުރުވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1