ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ: މިނިސްޓަރު ޝިޔާމް / އެކްސް
ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމަށް ފިޝަރީޒް މިިނިސްޓްރީން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމާލައިފި އެވެ.
ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުރަތަމަ ބުރުގައި ދެކުނުގެ 56 ދޯންޏަކުން 56 ފަޅުވެރިއަކު ތަމްރީން ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އެއީ
މި ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަ ކުރެ އެވެ. އެގޮތުން، ފުރަތަމަ ބުރުގައި 50 މީހުން ތަމްރީން ކުރުމަށް ހުޅުވާލުމުން ލިބުނު ތަރުހީބަށް ބަލައި މި ބުރުގައި 56 ފަޅުވެރިއަކު މިވަނީ ތަމްރީން ކޮށްފަ އެވެ.
ޕްރޮގްރާމްގެ ދެވަނަ ބުރު ކުރިއަށް ގެންދިޔުމަށް ނިންމާފައި އޮތީ އަންނަ އަހަރު، މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އަމާޒަކީ މަސްވެރިކަމުގައި އުޅޭއިރު ދިމާވާ ހިތާމަވެރި ހާދިސާތައް މަދު ކުރުމަށް މަހަށް ދާ ކޮންމެ ދޯންޏަކުން އެކަކު ރެސްކިއު ޑައިވަރެއްގެ ފެންވަރަށް ތަމްރީން ކުރުމެވެ. އެކަމަށް ގާތްގަނޑަކަށް 300 އެއްހާ މީހުން ތަމްރީން ކުރަން ޖެހޭ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.
ރެސްކިޔު ޑައިވަރަކަށް ވުމަށް ޖުމްލަ ހަ ބައެއް (މޮޑިޔުލް) ފަޅުވެރިން ފުރިހަމަ ކުރަން ޖެހެ އެވެ.
ފަޅުވެރިންގެ ތެރެއިން ރެސްކިޔު ޑައިވަރުން ތަމްރީނު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1