ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާ ރައީސް މުއިއްޒު ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެކަމަށް ރާއްޖެއިން އުންމީދުކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުސްލިމް ގިނަ ގައުމުތަކެއްގެ ބައިވެރިވުމާ އެކު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ގަރާރު ފާސްކޮށްފައި ވަނީ 13 ގައުމެއްގެ ވޯޓާ އެކުގައެވެ. މި ގަރާރަށް ވޯޓަށް އެހުމުން އެމެރިކާ އާއި ރަޝިއާ އިން ވަކި ގޮތަކަށް ވޯޓު ދީފައެއް ނުވެއެވެ. މި ގަރާރު ފާސް ކުރަން ވޯޓު ދޭނެ ކަމަށް އެމެރިކާ އިން ކުރި ބުނެފައިވެއެވެ. މި ގަރާރު ފާސް ކުރުމާ ދެކޮޅަށް އެއްވެސް ގައުމަކުން ވޯޓު ދީފައެއް ނުވެއެވެ.
އެ ގަރަރާއި ގުޅިގެން ރައީސް ޑރ. މުއިއްޒު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ، ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން އިތުރުކުރުމަށް ގޮވާލައި އދގެ ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރަކީ ރަނގަޅު މަގަށް އެޅުނު ފިޔަވަޅެެއް ކަމަށެވެ.
"ބައިނަލްއަގްވާމީ މުޖުތަމައުތަކުން މި ގަރާރާއެކު މިހާރުން މިހާރަށް ހުރިހާ ހަމަނުޖެހުންތައް ނިމުމަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެކަމަށް ރާއްޖެއިން އުންމީދުކުރަން،" ރައީސް ވިދާޅުވިއެވެ.
ރައިސް ވިދާޅުވީ، މި ގަރާރުގެ ބޭނުން ހިފައި، ބައިނަލްއަގްވާމީ މުޖުތަމައުން މިހާރުން މިހާރަށް ހުރިހާ ހަމަނުޖެހުންތައް ނިމުމަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެކަމަށް ރާއްޖެއިން އުންމީދުކުރާ ކަމަށެވެ.
"އެއީ ފަލަސްތީނުގެ ރައްޔިތުންނަށް، އެ މީހުންގެ އަމިއްލަ މިނިވަން ދައުލަތެއް ބިނާ ކުރުމުގެ ހައްގުވެސް ހިމެނޭ ގޮތަށް،".
ހަމާސްއާ ދެކޮޅަށް ދޭ ހަމަލާތަކެއް ކަމަށް ބުނެ ފަލަސްތީނުގެ އާންމުންނަށް އަމާޒުކޮށް އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 20،000 އާ ގާތްކުރާ އަދަދެއްގެ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1