ފަލަސްތީނަށް އެހީވާން އައިއޭސީން ހުޅުވާލި ފަންޑަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

Palestine ah eheevaan IAC in hulhuvaali fund ah 5 million ah vure gina rufiyaa libijje

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ބަހައްޓާފައިވާ ފަންޑު ފޮށްޓަކަށް ކުޑަކުއްޖަކު ފައިސާ އަޅަނީ--- ފޮޓޯ; އަބްދުالله އިޔާން / އަދަދު

0

ފަލަސްތީނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ން ހުޅުވާލި ފަންޑަށް ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހި ޖަމިއްޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ފަންޑަށް ހުޅުވާލީ މިދިޔަ އާދީއްތަ ދުވަހުއެވެ. އައިއޭސީން ބުނިގޮތުގައި އެ ފަންޑަށް މިހާރު ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.

އައިއޭސީން ބުނީ އެ ފަންޑަށް އެހީ ވުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލައިފައިވާކަމަށާއި އެ ޖަމިއްޔާގެ ބީއެމްއެލް އެކައުންޓަށް ފައިސާ ފޮނުވައިގެން މިހާރުވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވެދެވޭނެ ކަމަށެވެ.

އިޒްރޭލުން މިހާރު ގާޒާ އަށް ހަމަލާ ދެމުންދަނީ ވައިގެ މަގުންނެވެ. އެ ހަމަލާތަކުގައި 1،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ވައިގެ މަގުން ދޭ ހަމަލާތަކުގައި ވެސް އިޒްރޭލްގެ ހިތް ނުފުރުނެވެ. މިހާރު ތައްޔާރުވަމުން ދަނީ ގްރައުންޑް ހަމަލާތައް ވެސް ގާޒާ އަށް ދިނުމަށެވެ.

އެ ހަމަލާތައް ދޭން ފެށުމުގެ ކުރިން އިޒްރޭލުން އިއުލާންކޮށްފައި ވަނީ ގާޒާގެ އުތުރުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ 1.1 މިލިއަން މީހުން 24 ގަޑިއިރު ތެރޭ އެ ސިޓީގެ ދެކުނު ސަރަހައްދަށް ހިޖުރަ ކުރުމަށެވެ. އެކަމަކު އދ އިން ބުނަނީ މިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މީހުން ބަދަލުކުރުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ނުރައްކާތެރި އިތުރު ކަންތައްތަކެއް ނުކުންނާނެ ކަމުގެ ބިރު ވެސް އެބައޮތް ކަމަށް އެ ޖަމާއަތުން ބުނެ އެވެ.

އިޒްރޭލުން މިހާރު ވަނީ ގާޒާއިން ފެނާއި ކަރަންޓް އަދި ކާބޯތަކެތި ލިބުން ވެސް ހުއްޓުވައިފަ އެވެ.

އައިއޭސީ މެދުވެރިކޮށް ފަލަސްތީނު ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް:

  • - ބީއެމްއެލް އިސްލާމިކް
  • - އެކައުންޓް ނަމްބަރު: 7770000062741
  • - އެކައުންޓް ނަން: International Aid Campaign
  • - އެކައުންޓް ލޭބަލް: IAC | EMERGENCY

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1