ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ
އާންމު ރައްޔިތުންގެ ޝަކުވާތަކަށް ރިއާޔަތްކޮށް މިދިޔަ ރަމަޟާން މަހު ބޭނުންކުރި ކަރަންޓަށް ވެސް ޑިސްކައުންޓް ދިނުމަށް ނިންމާފައިވާކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ނިމިދިޔަ ރަމަޟާން މަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ނިންމާފައިވާ ކަމަށެވެ.
އަދި މިހާރު ފޮނުވާފައިވާ ބިލުތައް މި ބަދަލާ އެއްގޮތަށް އަދާހަމަ ކުރުމަށްފަހު ވީ އެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވާނެކަމަށް ފަހުމީ ވިދާޅުވި އެވެ.
ރަމަޝާން މަހު ފޮނުވި ބިލުތަކަށް ޑިސްކައުންޓް ދިނުމަށްފަހު، އެއަށްފަހު ފޮނުވި ބިލުތައް ބޮޑުވުމުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ. އެކަން އެގޮތަށް ދިމާވީ ރާއްޖޭގެ ހޫނުމިން އިންތިހާއަށް މައްޗަށް ދިޔުމުން ކަމަށް ސްޓެލްކޯއިން މީގެ ކުރިން ހާމަކޮށްފައިވެ އެވެ.
މި މަހު ގެތަކަށް ލިބުނު ކަރަންޓު ބިލުތައް ދެގުނަ ނުވަތަ ތިންގުނަ ބޮޑުވެފައިވާތީ އެކަމުގެ ޝަކުވާތައް ގިނަ ބަޔަކު ސޯޝަލް މީޑިޔާގައި އަންނަނީ ކުރަމުންނެވެ.
0%
0%
0%
0%
0%
19 ފެބުރުވަރީ 2025
0
12 ފެބުރުވަރީ 2025
0
12 ފެބުރުވަރީ 2025
0
10 ފެބުރުވަރީ 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1