ރައީސް މުއިއްޒު، މޯދީއާ ބައްދަލުކުރެއްވުން--
ރައީސް ޑރ. މުޙައްމަދު މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
އެ މަނިކުފާނު ބޮޑުވަޒީރު މޯދީއާ ބައްދލުކުރެއްވީ ކޮޕް28 ސަމިޓުގެ ހަވާސާގައި ގައުމުތަކުގެ ވެރިންނާއެކު ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން އިއްޔެގެ ވަގުތެއްގައެވެ. ރައީސް ކަމުގެ ހުވާކުރެއްވުމަށްފަހު ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ތުރުކީއަށް ވަޑައިގަތުމަށްފަހު ކޮޕް28 ސަމިޓުގައި ރައީސް ވަނީ މި ނޫންވެސް ގިނަ ގައުމުތަކެއްގެ އިސްވެރިންނާ ބައްދަލު ކުރައްވައިފައެވެ.
އިއްޔެގެ ބައްދަލުވުމާ ގުޅޭގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޕޯކްސްޕާސަން އަރިންދަމް ބަގްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒު ރައީސްކަމާ ހަވާލުވެވަޑައިގެންފައިވާތީ އެ ކަމަށް މޯދީ މަރުހަބާ ވިދާޅުވި ކަމަށެވެ.
ފުރަތަމަ ފަހަރަށް ދެ ބޭފުޅުން އެކުގައި ކުރެއްވި މަޝްވަރާގައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، އިޤްތިޞާދީ ގުޅުންތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ކުޅިވަރުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައިވެއެވެ.
އަދި އެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް ޓަކައި ކޯ ގްރޫޕެއް އުފައްދަން ވަނީ ނިންމަވައިފައެވެ.
އިންޑިއާއާއެކު މި ފަދައިން މަޝްވަރާ ކުރައްވައިފައިވާއިރު ރައީސް މުއިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް މީގެ ކުރިން އެދިވަޑައިގެންފައެވެ. އާ ސަރުކާރުން ވެރިކަމާ ހަވާލުވެ، އެންމެ ފުރަތަމަ ކުރަން އޮތް މަސައްކަތެއްގެ ގޮތުގައި ވެސް ނިންމައިފައިވަނީ އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1