ފޮޓޯ: މޯލްޑިވްސް ބިޒްނަސް ޓައިމްސް
ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ އެހެން ރަށްރަށުގައިވެސް ކުރިއަށް އޮތް މަހުން ފެށިގެން މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓަށް ބިލްކުރަމުންދާނީ ޑޮމެސްޓިކް ރޭޓުން ކަމަށް ސުޓެލްކޯގެ އެމް.ޑީ ޙުސައިން ފަހުމީ ވިދާޅުވެއްޖއެވެ.
ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި، މިސްކިތްތަށް ބޭނުން ކުރުމުގައި ކަރަންޓް ޑޮމަސްޓިކް ރޭޓަށް ބަދަލުކުރެެއްވުމަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒް އިއުލާން ކުރައްވަވާފައެވެ. އެކަމަށް މަޜްޙަބާ ދަންނަވަމުން ފަހުމީ ވިދާޅުވީ ސުޓެލްކޯގެ ޙިދުމަތްދޭ ރަށްތަކުގައި ކުރިއަށް އޮތް މަހުން ފެށިގެން މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓަށް ބިލްކުރަމުންދާނީ ޑޮމެސްޓިކް ރޭޓުންކަމަށެވެ.
މި ބަދަލު ގެންނަން ނިންމުމަކީ ލާމަރުކަޒީ ނިޒާމުގެ މުގޫ ކަމުގައިވާ ކައުންސިލްތައް ބާރުވެރި ކުރުމަށާއި، ކައުންސިލްތަކުން ކުރާ ޚަރަދު އިޤުތިޞާދުކޮށް ސިންދަފާތު ކުރެވޭނެ މަގުފަހިކުރުމަށް މި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ތެރެއިން ނިންމުނު ފުރިހަމަ އަދި މުހިއްމު ނިންމުމެއްކަން ސުޓެލްކޯގެ މެނޭޖިން ޑިރެކްޓާރ ޙުސައިން ފަހުމީ ވިދާޅުވިއެވެ.
“މިސްކިތްތަކުގެ ކަރަންޓު ހަރަދު އެ ކަރަންޓަށް ދައްކަންޖެހޭ ބިލުގައި މިހާރު އެ ދައްކަންޖެހެނީ ގަވަމަންޓު ރޭޓު ކިޔާ ރޭޓެއްގައި އެ ރޭޓުގެ ބަދަލުގައި ޑޮމެސްޓިކް ރޭޓަށް ތިރިކޮށްދޭނަން،" ރާއިސް ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވުނު ޖަލްސާގައި ވަަހަކަ ދައްކަވަމުން ވިދާޅުވިއެވެ. އަދި ބަދަލާއެކު ފެނަކަ އާއި ސްޓެލްކޯއަށް މަދުވާ އާމްދަނީ އެހެން އުސޫލަކުން ހޯދޭނެ ގޮތެއް ފަހި ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1