އިއްޔެ ވެސް މިފްކޯއިން މަސްވެރިންނަށް 35 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނޭ
މި ސަރުކާރު ވެރިކަމަށް ހަވާލުވި ފަހުން މަސްވެރިންނަށް މިހާތަނަށް 561 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން ހާމަ ކޮށްފި އެވެ.
561 މިލިއަން ރުފިޔާއަކީ ތެލަށާއި އައިސް އަށް ދެވިފައިވާ ފައިސާ ހިމަނައިގެން މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާ އެވެ.
މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވާ ގޮތުން އިއްޔެ ވެސް މިފްކޯއިން މަސްވެރިންނަށް 35 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.
އަދި ސަރުކާރުން މަސްވެރިންނަށް ވައުދުވެފައިވާ ގޮތުގެ މަތިން މިދިޔަ ބުދަ ދުވަހާއި އިއްޔެ ހިމެނޭހެން ޖުމްލަ 105 މިލިއަން ޖަމާކޮށް ދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ މަސްވެރިންނަށް ދޭން ޖެހި ނުދެވިވާ ފައިސާ ދެއްކުމަށް ކަމާ ގުޅޭ އިދާރާތައް މެދުވެރިކޮށް ގިނަ ގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން،" މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން، ބެކްލޮގްގައި ހުރި ފައިސާ މަސްވެރިންނަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި ލަސްވާތީ މަސްވެރިން ވަނީ ދާދި ފަހުން ވެސް އިހުތިޖާޖު ކޮށްފަ އެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1