ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި -- ފޮޓޯ: އެމްޑީޕީ
މި ހިނގާ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ ކުރިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މޯލްޑިވިއަން އަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިފި ނަމަ، ފައިސާ ހޯދުމަށް ކޯޓަށް ދާނެ ކަމުގެ ނޯޓިސް މޯލްޑިވިއަނުން އެ ޕާޓީއަށް ދީފި އެވެ.
މޯލްޑިވިއަން އިން އެ ޕާޓީއަށް ފޮނުވި ސިޓީގައި ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، އޭރު ވެރިކަމުގައި އޮތް އެމްޑީޕީން ކުރި ދަތުރުތަކަށް ހަރަދުވި 5.6 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދެއްކުމަށް އެމްޑީޕީއަށް ފޮނުވި ސިޓީގައިވެ އެވެ.
މި ފައިސާ ދެއްކުމަށް އެދި އެކި ފަހަރު މަތިން ނޯޓިސް ފޮނުވާފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.
މިކަން މޯލްޑިވިއަން އިން މި ނޫހަށް ކަށަވަރު ކޮށްދީފައިވެ އެވެ.
މޯލްޑިވިއަން އަށް ދައްކަން ޖެހޭ ފައިސާގެ ތެރޭގައި އެމްޑީޕީން ކުރި ޗާޓަރު ދަތުރުތަކަށް ދައްކަން ޖެހޭ ފައިސާ ވެސް ހިމެނެ އެވެ.
މި ނޯޓިސް ފޮނުވާފައިވާއިރު، ރިޔާސީ ކެމްޕެއިންގެ ތެރޭގައި ސަރުކާރުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް އޭރުގެ އިދިކޮޅު އަދި މިހާރު ވެރިކަމުގައި ތިއްބެވި ޕީއެންސީ ކޯލިޝަންގެ ބޭފުޅުން ތުހުމަތުކޮށްފައިވެ އެވެ. އެ ތުހުމަތުތައް އޭރު ޕާޓީން ދޮގުކޮށްފައިވެ އެވެ.
އެ ތުހުމަތުތަކާ ގުޅިގެން ސަރުކާރުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެދިފައިވެ އެވެ. އެހެންނަމަވެސް، އެފަދަ މައްސަލައެއް އޭސީސީން ބަލާފައެއް ނުވެ އެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1