މި އަހަރުގެ މެއި މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 14.8 ބިލިއަން ރުފިޔާ ލިބިފައިވޭ
މި އަހަރުގެ ފުރަތަމަ ފަސް މަހު މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހަށް ވުރެ އާމްދަނީ އިތުރުވެފައި ހަރަދުތައް ކުޑަ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމު ކުރާ ފިސްކަލް ރިޕޯޓުތަކުގެ ތެރެއިން އެންމެ ފަހުން އާންމު ކުރި ރިޕޯޓުން ދައްކާ ގޮތުގައި މި އަހަރުގެ މެއި މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 14.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 700 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ނިމުނު އަހަރު އާމްދަނީގެ ގޮތުގައި ފުރަތަމަ ފަސް މަސް ދުވަހު ލިބިފައިވަނީ 14.1 މިލިއަން ރުފިޔާ އެވެ.
އާމްދަނީގެ ތެރެއިން ޓެކްސް އާމްދަނީގެ ގޮތުގައި 12.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ދައުލަތުގެ ހަރަދުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު 17.3 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 19.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ދައުލަތުގެ ހަރަދުތަކުގެ ތެރޭގައި ރިކަރަންޓް ހަރަދު ތަކާއި މުސާރަ އާއި އިނާޔަތްތަކަށް ކޮށްފައިވާ ހޭދަ ފާހަގަކޮށްލެވެ އެވެ. ރިކަރަންޓް ހަަރަދުގެ ގޮތުގައި 13.8 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވާއިރު މުސާރަ އާއި އިނާޔަތްތަކަށް 5.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ދައުލަތް ހިންގުމުގެ އިދާރީ ހަރަދަށް 8.2 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1