އުރީދޫގެ ސިމް ކާޑެއް -
އެކަކުގެ ނަން މަތީ ނެގޭ ސިމްގެ އަދަދު 10އަށް ލިމިޓުކޮށް، ފޯނު ނަންބަރު ދޫކުރުމާއި ނަންބަރު ބޭނުންކުރުމާ ބެހޭ ގަވައިދު އިއްޔެ އާންމުކޮށްފި އެވެ.
ފަހަކަށް އައިސް ސްކޭމު ކޯލުތަކާއި ބޭންކު އެކައުންޓުތަކުން ފައިސާ ވަގަށް ނެގުމުގެ މައްސަލަތައް އިންތިހާ އަށް ގިނަވެފައިވާ އިރު، ރާއްޖޭގައި އެކަކުގެ ނަން މަތީ ދޫކުރާ ސިމްގެ އަދަދު ލިމިޓުކޮށް، ސަލާމަތީ އިތުރު ކަންތައްތަކެއް ތައާރަފުކުރަން ރައްޔިތުންގެ މަޖިލީހުން ލަފާދީފަވަނިކޮށް އިއްޔެ ކޮމިއުނިކޭޝަންސް އޮތޯރިޓީ (ކޭމް) އިން ވަނީ މި ގަވާއިދަށް ބަދަލު ގެނެސް އާއްމުކޮށްފައެވެ.
ކޮމިއުނިކޭޝަންސް އޮތޯރިޓީ (ކޭމް) އިން ނެރުނު ގަވާއިދު ބުނާ ގޮތުން ސިމްކާޑު ދޫކުރާއިރު އޮންނަންވާނީ ބޭނުން ނުކުރެވޭ ހާލަތުގައެވެ. އަދި ކާޑު އެކްޓިވޭޓު ކުރެވޭނީ ސިމް ކާޑު ދޫކުރެވޭ ފަރާތުގެ ފުރިހަމަ މައުލޫމާތު ކަމާ ބެހޭ އިދާރާތަކުން ކަށަވަރުކޮށް، އެ ނަންބަރު ރަޖިސްޓްރީކުރުމަށް ފަހު ކަމަށެވެ. މޮބައިލް ފޯނުގެ ހިދުމަތް ދިނުމަށް އާންމުންނަށް ނަންބަރު ދޫކުރާއިރު ނަންބަރު ދޫކުރެވޭނީ 18 އަހަރުން މަތީގެ މީހުންނަށް ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.
އެގޮތުން މި ނަންބަރު ދޫކުރެވޭނީ ދިވެެއްސެއް ނަމަ ގިނަވެގެން 10 ނަންބަރު ކަމަށާއި ރާއްޖޭގައި އުޅޭ ބިދޭސީންނަށާއި ޓޫރިސްޓުންނަށް ގިނަވެގެން ތިން ނަންބަރު ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.
ނަންބަރު ބޭނުންކޮށްގެން ކުރާ ހުރިހާ މުއާމަލާތަކަށް، ނަންބަރު ރަޖިސްޓްރީކޮށްފައިވާ ފަރާތުން ޒިންމާވާން ޖެހޭނެ ކަމަށް ބުނެފައި ވާއިރު، ހިިދުމަތް ފޯރުކޮށްދޭ ފަރާތުން މި ގަވައިދާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅައި ޖޫރިމަނާ ކުރާނެ އަދަދުތައް ވެސް ވަނީ ބަޔާންކޮށްފަ އެވެ.
އެގޮތުން ފުރަތަމަ ފަހަރު އެކަން އިސްލާހު ކުރަން ނަސޭހަތްދީ، އިސްލާހު ކުރަން ފުރުސަތު ދިނުމަށް އޮތް އިރު، ދެ ވަނަ ފަހަރު ރަނގަޅު ކުރަން އަންގައި 10،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އެއަށްފަހު ތިން ވަނަ ފަހަރު ވެސް އެގޮތަށް ކަންކޮށްފި ނަމަ އިސްލާހު ކުރަން އަންގައި 20،000ރ. އިން ޖޫރިމަނާ ކުރުމަށް ވަނީ ކަނޑައަޅައިފައެވެ. އަދި ހަތަރު ވަނަ ފަހަރަށް ނުވަތަ އެއަށް ވުރެ ގިނަ ފަހަރަށް ގަވައިދާ ހިލާފުވެއްޖެ ނަމަ، 50،000ރ. އިން ޖޫރިމަނާކޮށް، ޓެލެކޮމިއުނިކޭޝަން ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުން ހިމެނެއެވެ. އެގޮތުން، ހިދުމަތް ދިނުމުގެ ލައިސަންސް ހިފެހެއްޓުން ނުވަތަ ލައިސަންސް ބާތިލް ކުރުމުގެ އިހުތިޔާރު ކޭމްއަށް ލިބިގެންވެއެވެ.
މި ގަވައިދަށް އަމަލު ކުރަން ފަށާނީ އަންނަ މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ. ގަވައިދަށް އަމަލުކުރަން ފެށުމާ އެކު މީގެ ކުރިން ދޫކޮށްފައިވާ ނަންބަރުތައް ވެސް މި ގަވައިދަށް ފައްތަން ޖެހޭނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1