ގައުމީ ޔުނިވާސިޓީގެ މެޑިސިން ކިޔަވާ ދަރިވަރުން ކިޔަވަމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި
ދަރުމަވަންތަ ހޮސްޕިޓަލުގައި ކިޔަވަމުން ދިޔަ މެޑިސިން ކިޔަވާ ދަރިވަރުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލު ކުރުމަށް ނިންމުމުން މެޑިސިން ކިޔަވާ 200 އެއްހާ ކުދިން ވަންނާނެ ތަނެއް ނެތި މަގުމަތި ވާން ޖެހިދާނެކަމުގެ ކަންބޮޑުވުން އުފެދިއްޖެއެވެ.
ގައުމީ ޔުނިވާސިޓީއިން ބުނެފައިވާ ގޮތުގައި މި ގޮތަށް ބަދަލު ކުރުމަށް ނިންމި ނަމަވެސް އެ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ކްލާސްތަކަށް އެއްވެސް ބުރުލެއް ނާރާނެއެވެ. އަދި މިގޮތަށް ނިންމީ މިއީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑުވާނެ ގޮތްކަމުގައި ދެކޭތީކަމަށް ވެސް ޔުނިވާސިޓީއިން ބުނެއެވެ.
މީގެ އިތުރުން، ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލް ކެމްޕަސް އެޅުމުގެ މަސައްކަތް ހުޅުމާލޭގައި ކުރަމުންދާކަމަށް އެ ޔުނިވާސިޓީއިން ބުނެއެވެ. އަދި 2018 ވަނަ އަހަރު މެޑިސިން ކިޔަވާ ދަރިވަރުން ދަރުމަވަންތަ ހޮސްޕިޓަލުގައި ކިޔަވަން ފެށީ ވަގުތީ ގޮތުންކަމަށް ވެސް އެ ޔުނިވާސިޓީއިން ބުނެއެވެ.
މިކަމާ ގުޅިގެން ގައުމީ ޔުނިވާސިޓީގައި މެޑިސިން ކިޔަވަމުންދާ ދަރިވަރުންނާއި އެ ޔުނިވާސިޓީގެ އެހެން ދަރިވަރުންވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މިހާރުވެސް އެމްއެންޔޫގެ ކެމްޕަސްތަކުގައި ޖާގައިގެ ދަތިކަން އިންތިހާއަށް އޮތްއިރު ކްލާސްތައް ފުރިހަމަ ކުރުމަށް ހަފްތާ ބަންދުގައި ވެސް ދަރިވަރުން އަންނަނީ ކްލާސްތައް ނަގަމުންނެވެ. އަދި އެއް ފެކަލްޓީއަށް ވުރެ ގިނަ ފެކަލްޓީގެ ކުދިން އެއް އިމާރާތަކާއި އެއް ކްލާސްތަކެއްގައި ކިޔެވުން ކުރިއަށް ގެންދަން ޖެހޭތީ ކިޔެވުމުގެ ފެންވަރާއި ކްލާސްތައް ކުރިއަށް ގެންދިޔުމަށް ބުރޫ އަރާކަމަށް އެ ކުދިން ބުނެއެވެ.
މީގެ ކުރިންވެސް ބައެއް ފެކަލްޓީތަކަށް ހާއްސަކޮށްފައިވާ ބައެއް އިމާރާތްތައް އުވާލުމަށްފަހު އެމްއެންޔޫގެ އެހެން އިމާރާތްތަކަށް ކުދިން ބަދަލުކޮށްފައިވާތީ މިހާރުވެސް އެމްއެންޔޫގެ ދަރިވަރުން އެކަން ތަޖުރިބާ ކުރަމުން އަންނަކަމަށް އެ ކުދިން ބުނެއެވެ.
އެގޮތުން ފެކަލްޓީ އޮފް އިންޖިނިއަރިން ހިންގަމުން ދިޔަ އިމާރާތާއި ފެކަލްޓީ އޮފް އިސްލާމިކް ސްޓާޑީޒް އަދި ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް ހިންގި ސޮލާހުއްދީން ބިލްޑިން އާއި އެނޫންވެސް އެހެން އިމާރާތްތަކުން އެމްއެންޔޫ ދަރިވަރުން ނުކުންނަން ޖެހިފައިވެއެވެ. މިތަންތަން ހުސްކޮށްފައިވަނީ އެ ކުދިން ވަންނާނެ ޖާގަ އާއި ތަން ދެއްކުމަށް ފަހުގައި ނޫންކަން ފާހަގަކުރެވެއެވެ.
މެޑިސިން ކިޔަވާ ދަރިވަރުން ފާހަގަ ކުރާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލުގައި އެ ކުދިންގެ ކްލާސްތައް ކުރިއަށް ގެންދިޔުމަކީ އެންމެ އެދެވޭ ގޮތެވެ. އައިޖީއެމްއެޗް ގައި މަސައްކަތް ކުރާ މުދައްރިސުންނާއި ދަރިވަރުންނަށް މަސައްކަތުން ލިބޭ ހުސްވަގުތުތަކުގައި ފަސޭހަ ކަމާއެކު ކްލާސްތައް ބޭއްވިގެން ދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކްލާސްތައް ކުރިއަށް ދާތީ ކަމަށް އެ ދަރިވަރުން ބުނެއެވެ.
ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން އިން މި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރުމަށް ރައީސް އޮފީހަށް ވަނީ ސިޓީއެއް ވެސް ފޮނުވާފައެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1