ޕީއެންސީ ޖަގަހަ ހުޅުވުމުގެ ތެރެއިން
އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މައި ޖަގަހަ ހިންގި ތަނުގައި ސަރުކާރު ޕާޓީ, ޕީއެންސީގެ ޖަގަހަ ހުޅުވައިފި އެވެ.
ހައުސް އޮފް ޕީއެންސީގެ ނަމުގައި މި ޖަގަހަ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް، ޑރ. މުހައްމަދު މުއިއްޒު އެވެ.
މި ޖަގަހަ ހުޅުވި އިމާރާތް، ހ. ވެޔޮވިލާގައި ގިނަ އަހަރުތަކެއް ވަންދެން އެމްޑީޕީގެ މައި ހަރުގެ ހިންގާފައިވެ އެވެ. އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ އަދި ސަރުކާރު ހިންގާ ޕާޓީގެ ގޮތުގައި ވެސް އެމްޑީޕީ އިން އެ ޖަގަހައިގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.
އެހެންނަމަވެސް އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ޕާޓީގައި ދެ ފިކުރެއް އުފެދި ޑިމޮކްރެޓްސް ޕާޓީ އުފެދުނު ހިސާބުން އެމްޑީޕީއަށް އެ ޖަގަހަ ގެއްލުނެވެ.
ފަހުން އެ އިމާރާތުގައި ޖަގަހަ ހިންގަމުން އައީ ޑިމޮކްރެޓްސް އިންނެވެ. މި ސަރުކާރު ގެންނަން ޑިމޮކްރެޓްސްއިން ކުރި މަސައްކަތަށް ފަހު މި އަހަރުގެ ތެރޭގައި ޑިމޮކްރެޓްސްގެ ބަދަލުގައި ޕީއެންސީއިން އެތަނުގައި ޖަގަހަ ހިންގުމަށް ކުރަން ޖެހޭ ކަންކަން ފެށި އެވެ.
ޑިމޮކްރެޓްސް އިން ހިންގި ޖަގަހަ ރޫޅާލައި ޕީއެންސީ އިން ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމުގެ މަސައްކަތް ފެށީ މި އަހަރުގެ މެއި މަހުގެ ފަހުކޮޅު އެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1