ހިންމަފުށި އަންހެން ފުޓްސަލް ޓީމުގެ ކުޅުންތެރިޔާ ވިޝާޔާ - ފޮޓޯ . ސިޑިބަރި
ރާއްޖޭގައި ކުޑައިރު ފުޓުބޯޅަ ކުޅެން ނުކުމެ ރަނގަޅަށް ފައިމަޅައިގަންނަ ހިސާބުން އޮންނަނީ ކޮންމެވެސް ކަހަލަ ވަނަމެއް ދީފައެވެ. ބޭރުގެ ކޮންމެވެސް ހުނަރުވެރި ކުޅުންތެރިޔަކާ ގުޅުވައިގެންނެވެ. އެއީ ހުންނަގޮތަކުން ކަމަށްވެސް ވެދާނެއެވެ. ނުވަތަ ކުޅޭ ޕޮޒިޝަނެއް ނޫނީ އައިޑޮލް އެއްގެ ގޮތުގައި ބަލައި ކުޅުންތެރިޔަކާ ގުޅުވައިގެންނެވެ. ބައެއް ފަހަރު ކިޔާ ނަމަކުން ނޫނީ ކުޅުމުގެ ވައްޓަފާޅި ހުންނަ ގޮތަކުންވެސްމެއެވެ.
މި ނަންތައް ކިތަންމެ ގިނަދުވަހެއް ވިޔަސް ހަރުލައިފައި ހުރެއެވެ. ކުޅުން ހުއްޓާލިޔަސް އެ ނަން ފަހަތަކުން ނުނައްޓައެވެ. މި ނަންތަކުގެ ސަބަބުން ބައެއް ކުދިންނަށް ލިބެނީ އިތުރު ހިތްވަރެކެވެ. މޮޅު ކުޅުންތެރިޔެއްގެ ނަމުން ގޮވާލުމުން ލިބެނީ އުފަލެކެވެ. އަނެއްބައި ކުދިންނަށް އެ ނަންތައް ވެފައި އޮންނަނީ ހިތުންފިލައިގެން ނުދާވަރުގެ ވޭނަކަށެވެ. މިއީ 1990 ގެ އަހަރުތަކުގައި ދިވެހިން ބޭރު ފުޓުބޯޅައަށް ފޯރި ހިތްޕާލި ހިސާބުން ފެށިގެން މިއަދާ ހަމައަށްވެސް ރާއްޖޭގެ ހުރިހާ ކަންކޮޅަކުން ވެސް ފެންނަމުންދާ ކަމެކެވެ.
މިފަހަކުން ކ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އެސްޓީއޯ މިޔަޓް ފުޓްސަލް ފިއެސްޓާ 2023ގެ ތެރެއިންވެސް މިކަހަލަ ކަމެއް ވަނީ ފާހަގަވެފައެވެ. ތުލުސްދޫގައި މިމަހުގެ ތިންވަނަ ދުވަހުގެ ރޭން ފެށިގެން މިޔަޓް ފުޓްސަލް ފިއެސްޓާގެ ކުޅުން ފޯރިއާއެކު ކުރިއަށްދާ އިރު މިކަން ފާހަގަވެފައިވަނީ އަންހެން ޑިވިޝަނުގެ ތެރެއިންނެވެ.
ހިންމަފުށީގެ ޒުވާން ކުޅުންތެރިޔާ ވިޝާޔާގެ ކުޅުމާއި އޭނަގެ ސިފަ ވައްތަރުކަމަށް ބުނެ ފުރަތަމަ އޭނާއަށް ތައުރީފް ކުރީ ރާއްޖޭގައި ކުޅިވަރުގެ ޙަބަރުތައް ގްރެފިކްސްއާއި ފޮޓޯގެ ޒަރިއްޔާއިން ގެނެސްދެމުން އަންނަ ސިޑިބަރިންނެވެ. ސިޑިބަރިން ވިޝާޔާގެ ފޮޓޯއަކާއެކު ތައުރީފް ކުރީ ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާއްޕޭއާއެވެ. އެމްބާއްޕޭ ދަނޑުގައި ހަރަކާތްތައް ހުންނަ ގޮތާއި ވިޝާޔާގެ ހަރަކާތްތައްވެސް އެއްގޮތް ކަންތައްތަކެއް ހުރިކަން ސިޑިބަރިން ފާހަގަކުރުމުން އެކަން ގިނަބަޔަކު ވެސް ބަލައިގަނެ ވިޝާޔާއަށް ތައުރީފްކުރިއެވެ.
ހިންމަފުށީ ޓީމުގެ ވައިސް ކެޕްޓަންކަން ވެސް ކުރަމުން އަންނަ ޒުވާން މި ކުޅުންތެރިޔާއަށް އެމްބާއްޕޭގެ ނަމުން ތައުރީފް ކުރި ނަމަވެސް ބައެއް މީހުންގެ އެކަން ހަދާލީ ޖޯކަކަށެވެ. "އެމްބާއްޕޭ ފްރޮމް ރެޑްވޭވް" "އެމްބާއްޕޭ ފްރޮމް އަލި އެކްސްޕްރެސް" މިފަދަ ބަސްތަކުން ޕޯސްޓްތައް ޖަހަން ފެށީއެވެ. މިއީ ފުޓުބޯޅައިގައި ކުރިއަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ކުރެވޭ ކިހާބޮޑު މަލާމާތެއް ހެއްޔެވެ. އޭނާގެ ކުށެއް ވެސް ނެތެވެ. އެކަމަކު މާ މަޖާކަމެއް ކަމަށް ހަދައިގެން ސޯޝަލް މީޑިއާގައި ހަންގާކުރަނީއެވެ. ހަގީގަތުގައި މަޖަލީއެއްވެސް ނޫނެވެ.
ބައެއް މީހުންގެ މިފަދަ ކޮމެންޓްތަކާއި، ޕޯސްޓްތަކުގެ ސަބަބުން ފޭސްބުކުގައި ވިޝާޔާ ދިފާއުކޮށް މީހަކު ވަނީ ވަރުގަދަ ރައްދެއް ދީފައި ޕޯސްޓެއް ޖަހައިފައެވެ. ސާޔާ ނަމަކަށް ކިޔާ މީހަކު ފޭސްބުކުގައި ލިޔެފައިވާ ގޮތުގައި ވިޝާޔާގެ އެ ފޮޓޯތަކަށް ކޮށްފައި ހުރި ކޮމެންޓްތަކުން ހަނދާނަށް އައީ އޭނާގެ ކުޑައިރު ދިމާވިކަންތައްތަކެކެވެ. ސިފަ ހުންނަ ގޮތަކުން އެހެން ކުޅުންތެރިޔަކާ އަޅާ ކިޔުމުން އޭނާއަށް އެކަމުގެ އަސަރު މިއަދާހަމައަށް ވެސް ކުރިކަން އޭނާ ހާމަކުރިއެވެ.
"އަހަރެންނާއި އަހަރެންގެ އުމުރުން މާ ދޮށީ ކުދިންވެސް އަހަރެންގެ ދަތްތައް ހުންނަގޮތަކުން މަލާމަތްކޮށް ރޮނާލްޑީނިއޯއޭ ކިޔައި ހެދި. އަހަރެން ވަށާލައި އެތައް ގޮތަކުން ދިމާކޮށްލި. އެދުވަހުގެ ހަނދާންތައް މިއަދު މި ކޮމެންޓްތައް ކިޔާފައި މިއައީ،" އޭނާގެ ޕޯސްތުގައި ބުނެފައިވެއެވެ.
ތެދެކެވެ. ފުޓުބޯޅައިގައި ވަނަން ދިނުމަކީ މައްސަލައެއް ނޫނެވެ. ތައުރީފް ކުރުމުގެ ގޮތުން ކިތަންމެ ވަރަކަށްވެސް ކިޔަންވީއެވެ. އެކަމަކު އެގޮތަށް ދިމާކޮށްލުމަކީ ބޮޑު ގޯހެކެވެ. ކުރިއަށް ދިއުމުގައި އެޅޭނެ ހުރަހެކެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޖޫން 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ޑިސެންބަރު 2023
1