76 ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ގާއިމްކުރުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
މި އަހަރުގެ މޭ މަހުގެ ކުރިން، ލެބޯޓަރީ ނެތް 72 ރަށުގައި އެ ހިދުމަތް ދޭން ފަށާނެ ކަމުގައި ނައިބު ރައީސް އަލްއުސްތާޒް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.
ލެބޯޓަރީ ނެތް 76 ރަށުގައި އެ ހިދުމަތް ފެށުމުގެ މަޝްރޫއު އިފްތިތާހުކުރުމަށް މިއަދު ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ލެބޯޓްރީގެ ހިދުމަތް ރާއްޖޭގައި ފުޅާ ކުރުމުގެ ގޮތުން ލެބޯޓަރީ ނެތް 4 ރަށެއްގައި މިއަދު އެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ.
އަދި މެއި މަހުގެ ކުރިން ބާކީ 72 ރަށުގައި އެ ހިދުމަތް ދޭން ފަށާނެ ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.
"ލެބޯޓަރީގެ ހިދުމަތަކީ އަސާސީ ހިދުމަތެއް. ސަރުކާރުން މަސައްކަތްކުރަނީ ކޮންމެ މީހަކު ވެސް އެމީހަކު ހުރި ރަށަކުން މި ހިދުމަތް ލިބޭނެ މަގުފަހިކުރުން. މި ހިދުމަތާއެކު ބައެއް ބަލިތައް ދުރާލާ ދެނެގަތުމުގެ މަގުފަހިވެގެންދާނެ،" ނައިބު ރައީސް ވިދާޅުވި އެވެ.
މިއީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ވެގެން ދާނެ ކަމެއް ކަމުގައި ވެސް ވިދާޅުވި އެވެ.
"ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމަކީ ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭ، ފެންވަރު ރަނގަޅު، އިތުބާރު ކުރެވޭ ނިޒާމަކަށް ހެދުމަށް މި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން،" ނައިބު ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ސިއްހީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ހިދުމަތްތަކަކީ ކޮބައިކަން ދެނެގަނެ، އެ ހިދުމަތްތައް ވީ އެންމެ އަވަހަކަށް ފޯރުކޮށް ދިނުމަށް އިސްކަން ދޭން ޖެހޭ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
އާންމު ސިއްހީ ހިދުމަތްތައް ދިވެހިރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށް ވުރެ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަ ކުރެއްވިއެވެ.
އެގޮތުން، ރާއްޖޭގައި މީހުން އާބާދު ވެފައިވާ ކޮންމެ ރަށެއްގައި، ސިއްހީ ފަރުވާއަށް ބޭނުންވާ ލެބޯޓަރީގެ ހިދުމަތް ފުޅާ ކުރުމުގެ މަޝްރޫއެއްގެ ތާވަލު އެކުލަވާލައި ތަންފީޒު ކުރަން ފެށުމަކީ، މި ސަރުކާރުގެ ހަފުތާ 14 އެޖެންޑާގައި ހިމެނޭ މުހިންމު ވައުދެއް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1