މަސްވެރިން މިއަދު ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން
މަސްވެރިންނަށް ފައިސާ ނުދީ ލަސް ވަމުންދާތީ އާއި ލޭނު އެޅުމަށް ހުއްދަ ދިނުމާ ދެކޮޅަށް މަސްވެރިން އިހުތިޖާޖު ކުރަން ފަށައިފި އެވެ.
ގދ. މަޑަވެލީގެ މަސްވެރިންނާއި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން އަންނަނީ މަސްވެރިންގެ ކަންބޮޑުވުންތަކާއެކު އިހުތިޖާޖު ކުރަމުންނެވެ.
މަސްވެރިންގެ ކަންބޮޑުވުންތަކުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ނުދީ ލަސްވުމުގެ ސަބަބުން ބިލުތަކާއި ލޯނު ނުދެއްކި ލަސްވުމާއި އާންމު ދިރިއުޅުމުގެ ހަރަދުތަކަށް އެކަމުގެ އަސަރު ކުރުން ހިމެނެ އެވެ. މަސްވެރިންނަށް ފައިސާ ނުދޭތާ ދެ މަހަށް ވުރެ ގިނަ ދުވަސް މިހާރު ވަނީ ވެފައެވެ.
އިހުތިޖާޖުގެ ބައިވެރިން ގޮވާލަމުން ދަނީ ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް އެމީހުންނާ ބައްދަލު ކުރުމަށް އެއްބަސްވުމަށެވެ.
މަސްވެރިންނަށް ވެފައިވާ ވައުދު ނުފުއްދައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ނުދިނުމަށް އެ މީހުން އަންނަނީ ގޮވާލަމުންނެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1