މަސްވެރިން މި ދުވަސްވަރު ކުރަމުންދާ އިހުތިޖާޖާ ގުޅިގެން ހުށަހެޅި މި ކުއްލި މައްސަލާގައި މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފައިވޭ
މަސްވެރިންގެ އިހުތިޖާޖަށް ސަލާމަތީ ހިދުމަތްތައް ބޭނުން ކޮށްގެން ހުރަސް ނޭޅުމަށާއި މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އަވަހަށް ދިނުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ދީދީ އެވެ.
މެމްބަރު ހުށަހެޅުއްވި ކުއްލި މައްސަލާގައި ގޮވާލާފައި ވަނީ މިހާރު ދޫ ނުކުރެވި ވާ ފައިސާ އަވަހަށް ދޫކުރުމަށާއި، ފައިސަ ދިނުން ލަސްވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށާއި މަސްވެރިން ކުރާ އިހުތިޖާޖަށް ހުރަސް ނޭޅުމަށެވެ.
މަސްވެރިން މި ދުވަސްވަރު ކުރަމުންދާ އިހުތިޖާޖާ ގުޅިގެން ހުށަހެޅި މި ކުއްލި މައްސަލާގައި މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި މިފްކޯއަށް މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޭނެ ކަމަށް ސަރުކާރުން ވައުދުވެފައިވީ ނަމަވެސް އެކަން އެގޮތަށް ވަމުން ނުދާކަން ފާހަގަކޮށްފައިވެ އެވެ.
އެކަމުގެ ސަބަބުން މަސްވެރިންނާއި މަސްވެރިންގެ އާއިލާތައް ބިކަވެ މަސްވެރިކަމަށް ބަރޯސާވާ ރަށްރަށުގެ އިގްތިސޯދު ހުއްޓުމަކަށް އަންނަމުންދާ ކަމަށް ކުއްލި މައްސަލާގައިވެ އެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަތީ 74 މެމްބަރުންގެ ވޯޓުންނެވެ.
މިދިޔަ ހަފްތާއިން ފެށިގެން މަސްވެރިން ރާއްޖޭގެ އެކި ހިސާބުތަކުގައި އިހުތިޖާޖު ކުރަމުން އަންނައިރު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ގައި ކުރަމުން އައި އިހުތިޖާޖު ކޮންޓްރޯލް ކުރުމަށް ފުލުހުން ހަރަކާތްތެރިވެފައިވެ އެވެ. އަދި މަސްވެރިން އެތަނަށް ގެއްލުން ދޭ ކަމަށް ބުނެ އެފަދަ މަސްވެރިންގެ ދޯނިތަކުން ބާނާ މަސް މިފްކޯއަށް ގަތުން ސަސްޕެންޑް ކުރާނެކަމަށް ވެސް މިފްކޯއިން އަންގާފައިވެ އެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1