ކޮންމެ ކިލޯއަކުން ގާތްގަނޑަކަށް 8 ރުފިޔާގެ ގެއްލުން މިފްކޯއަށް ވަމުންދާ ކަމަށް ނާޒިމް ވިދާޅުވި
މިފްކޯއަށް މަސް ކިލޯއެއް 20 ރުފިޔާއަށް ގަތުމަކީ ދެކޮޅު ޖެހޭ އަގެއް ނޫން ކަމަށާއި މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެވޭ ވަރުގެ އަގެއް ކަނޑައަޅަން ޖެހޭ ކަމަށް ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވިދާޅުވެއްޖެ އެވެ.
މަސްވެރިންނަށް ފައިސާ ދިނުން ލަސްވާ މައްސަލާގައި މަޖިލީހަށް އެމްޑީޕީއިން ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ ސިޔާސީ ވިސްނުން އެއް ފަރާތްކޮށް، ހަގީގަތް ގަބޫލުކުރަން ޖެހޭ ކަމަށެވެ.
މިހާރު މިފްކޯއަށް މަސް ގަންނަމުން ދާ އަގަކީ ބަލައިގަނެވޭ އަގެއް ނޫން ކަމަށާއި ކޮންމެ ކިލޯއަކުން ގާތްގަނޑަކަށް 8 ރުފިޔާގެ ގެއްލުން މިފްކޯއަށް ވަމުންދާ ކަމަށް ނާޒިމް ވިދާޅުވި އެވެ. މަސް ގަންނަ އަގު ދަށް ނުކޮށް ދެމެހެއްޓެނިވޮ ގޮތެއްގައި ބަރާބަރަށް މަސްވެރިންނަށް ފައިސާ ދޫކުރެވޭނެ ގޮތެއް ދައުލަތުގައި ނެތްކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެން ވިސްނާލަން ޖެހޭ މި އަގު މުރާޖައާ ކުރުމާ ދޭތެރޭ، މަސްވެރިންގެ އާބާދީއަކީ މިހާރު 17،000 މީހުން، 17،000 މީހުންނަށް މިވަރު ބޮޑު ސަބްސިޑީއެއް ދިނުމަކީ މިއީ އިޖްތިމާއީ އަދާލަތުން ބަލާއިރުވެސް ދެކޮޅު ޖެހޭ ކަމެއް ނޫން، މިއީ އެއްގޮތަކަށްވެސް އިންސާފެއް ނޫން، ޕާޓީގެ ކުލައާއި ރޮނގު ފަހަނައަޅައި އެބަ ޖެހޭ ގައުމަށް ފައިދާ ހުރި ހައްލެއް ހޯދުން، 12 ރުފިޔާއަށް ނޫނީ 15 ރުފިޔާ އަށްވެސް ދެވެން އޮތް އަގެއްގައި މިކަން ކުރީމަ މަސްވެރިންނަށް ބަރާބަރަށް ފައިސާ ވެސް ލިބޭނެ،" ނާޒިމް ވިދާޅުވި އެވެ.
މިފްކޯއިން މިހާރު މަސް ގަތުމަށް ކަނޑައަޅާފައިވާ އަގަކީ ދެކޮޅު ޖެހޭ އަގެއް ނޫންކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. މިހާރު ގަނެފައިވާ މަހަށް އެއްބަސްވެފައިވާ އަގަށް ފައިސާ ދޭން ޖެހޭކަމަށް ނާޒިމް ވިދާޅުވި އެވެ.
އެހެންނަމަވެސް އެ އަގުގައި މަސްވެރިންނަށް ފައިސާ ދެވޭނެ ހާލަތު މިއަދު ސަރުކާރުގައި ނެތް ކަމަށާއި އެ ހާލަތަކީ ވާރުތަވީ ހާލަތެއްކަމަށް ނާޒިމް ވިދާޅުވި އެވެ.
މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ ތިން މަސްވެފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ނިމުނު ހަފްތާއިން ފެށިގެން މަސްވެރިން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1