ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކޮށްދިނުމަކީ ރައީސްގެ ރިޔާސީ ވައުދެއް
މި ފެށޭ މާޗު މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ "އަހާ" ފޯރަމުގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މާޗު މަހުން ފެށިގެން މުސާރަ ބޮޑު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންނަމަވެސް އެކަމާ ގުޅުން ހުރި ތަފްސީލެއް ރައީސް ހިއްސާ ކުރައްވާފައެއް ނުވެ އެވެ.
ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރުމަށް ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް މަސައްކަތް ކޮށްފައިވެ އެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ނިންމައި އާ އޮނިގަނޑު އެ އިދާރާތަކަށް ފޮނުވި އެވެ.
އޭރުގެ ސަރުކާރުން ނިންމާފައި އޮތީ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރުމަށެވެ.
އެހެންނަމަވެސް، ސަރުކާރު ބަދަލުވެ ފުލުހުންނާއި ސިފައިންގެ މުސާރަ މިހާތަނަށް ދެމުން އައީ އެއްވެސް މުސާރައަށް އެއްވެސް ކުރިއެރުމެއް ނެތި އެވެ.
ފުލުހުންނާއި ސިފައިންގެ މުސާރަ ދެ ގުނަ ބޮޑުކޮށް ދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ހަފުތާ 14ގައި ހިމެނޭ 161 ވައުދުގެ ތެރެއިން 150 ވައުދުގެ 100 އިންސައްތަ ހާސިލު ކުރެވިއްޖެ ކަމަށާއި، ބާކީ ހުރި ވައުދުތަކުގެ 80 އިންސައްތައަށް ވުރެ ބޮޑުބައި ހާސިލު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1