ޖަލީލް ދީދީ މިސްކިތުގެ ތަޅަށް ގެއްލުން ދީފައި
މާލެ ސަރަހައްދުގެ މިސްކިތްތަކަށް ގެއްލުން ދިނުން އާންމު ކަމަކަށްވެފައި ވަނިކޮށް ޖަލީލް ދީދީ މިސްކިތުގެ ތަޅުގައި އަލިފާން ރޯ ކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ އެކަން ހާމަކޮށް އެކަމުގެ ފޮޓޯތައް ހިއްސާ ކޮށްފަ އެވެ. ފޮޓޮއިން ފެންނަނީ މިސްކިތުގެ ތަޅުގައި އަލިފާން ރޯ ކުރުމަށް މަސައްކަތްކޮށް ތަޅާއި ދޮރަށް ގެއްލުން ދީފައިވާ މަންޒަރެވެ.
މާލޭގެ މިސްކިތްތަކަށް ގެއްލުން ދިނުން މި ފަހަކަށް އައިސް ވަނީ އާންމު ކަމަކަށްވެފަ އެވެ. އެގޮތުން މި މަހު އެކަނިވެސް އީދު މިސްކިތުން 10 ފަންކާ ނަގާފައިވާކަން މާލެ ސިޓީ ކައުންސިލުން ހާމަކޮށްފައިވެ އެވެ.
މިފަދަ ކަންކަން ކުރަމުންދާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅައިދނުމަށް ސިޓީ ކައުންސިލުން ކަމާ ބެހޭ ފަރާތްތަކުގެ އަރިހުން އެދިފައިވެ އެވެ.
މި އަހަރުގެ މިހާތަނަށް މިސްކިތްތަކުން ވައްކަން ކުރުމުގެ 21 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެ އެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1