މާފަރު އިންޓަނޭޝަނަލް އެއާޕޯޓް
ރާއްޖެއަށް މީގެ ކުރިން ވެސް އެކި ގޮތްގޮތަށް އެކި ޒާތުގެ ދިރޭ އެއްޗެހި އައިސްފާވެއެވެ. ކިބޫ، މަކުނު، ހަރުފަ އަދި ދޫނި ފަދަ އެކި ކަހަލަ ރާއްޖެއިން އާއްމުކޮށް ނުފެންނަ ޖަނަވާރާއި ދިރޭ ސޫފި ފެނިފައިވެއެވެ. މި ޖޫން މަހުގެ 26 ވަނަ ދުވަހު ސޯސަލް މީޑިއާގައި އަނެއްކާވެސް އެ ފަދަ ޖަނަވާރެއްގެ ވީޑޯއެއް އާއްމުވެ ގިނަބެއްގެ ސަމާލުކަން ލިބިމުންދެއެވެ.
ނ.މާފުރުގެ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތުގައި އުޅުނު ބިދޭސީއަކުކޮށްފައި މިވާ ވީޑީއޯގައި މިފެންނަނީ ހަމަ އަސްލުވެސް މިނިކާ ޖަނަވާރެއްތޯ އެއްބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އެއްބަޔަކަށް އެކަން މަޖާކަމަކަށްވެގެން މީމްތައް ހަދައިގެން ޝެއާ ކުރާއިރު، މާފަރުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.
އެ ވީޑިއޯގައި ފެންނަ ޖަނވާރުގެ ސިފަ އެންމެ ވައްތަރީ މިނިކާވަގާކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. އެއީ މިނިކާވަގެއް ނަމަ އުފެދޭ އެއް ސުވާލަކީ، މިނިކާވަގު މާފަރަށް އަންނަން މެދުވެރިވީ ކިހިނެއްތޯ؟. ޤަބޫލު ކުރެވޭ ގޮތުގައި، ރާއްޖޭގައި އާއްމުކޮށް ނޫޅޭ ޖަނަވާރަކަށް ރާއްޖެއަށް އާދެވެނޭ އޮތީ އެންމެ ގޮތެކެވެ. ރާއްޖެއިން ބޭރުން އަންނަ މުދާ ގެންނަ އުޅަދެއްގައި ކޮންމެ ވެސް ގޮތަކަށް އެފަދަ ޖަނަވާރަކަށް އައުމުގެ ފުރުސަތު އެބައޮތެވެ.
މާފަރުން މިފެނުނެ ކަމަށް ބެލެވޭ މިނިކާވަގު އެރަށާ ހަމައަށް އައުމުގައި އެ ރަށުގެ އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތަށް މުދާ އުފުލާ އުޅަނދެއްގައި އައީ ކަމަށް ބެލެވިދާނެއެވެ. އެހެން ކަމަށް ވަނީ ނަމަ އެސޮރު އެރަށާއި ހަމައަށް އައުމާއި ހަމަށް ކައިފައި ވަނީ ކޯޗެއް ހެއްޔެވެ؟
މިނާކާވަގައް އެންމެ ގިނަ ދުވަހު ނުކައި ހުރެވޭނީ 14 ދުވަހާއި 18 ދުވަހާއި ދެމެދު ކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމަށް ވަނީ ނަމަ މި ޖަނަވާރު މާފަރާށް އައިސަފައި ވާނީ ވަރަށް ބަނޑުހައި ހާލުގައެވެ. އެ ވީޑިއޯއިން ފެންނަ އެ މިނިކާވަގުގެ އަފަދަ މާ ބޮޑު ވަރުބަލިކަމެއް ނުވަތަ ބަނޑުހައި ޖަނަވާރެއްގެ ސިފައެއް ފެނޭބާވައެވެ؟
އެ މިނިކާވަގަކީ ބަނޑުހައި ހާލުގައި މި ހިސާބަށް އައިސްފައިވާ ޖަނަވާރެއް ނަމަ، އެ ޖަނަވާރުގެ ނުރައްކާ ބޮޑުވެ ހީނުކުރާ ފަދަ ގެއްލުމެއް މީހަކަށް ލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެއީ ހަމަ އަސްކުވެސް މިނކާވަގެއް ނަމަ އެ ސޮރުގެ ފުށުން މީހަކަށް ހަމަލާދިނުނެ ވަރަށް ގާތެވެ.
އުފެދޭ ސުވާލަކީ އެއީ ހަމަ އަސްލުވެސް މިނިކާ ޖަނަވާރެއްބާއެވެ؟؟
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1