މަސްވެރިންގެ އަތުން ދެން މަސްގަންނަމުންދަނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގެއްގައިކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.
މިފްކޯއިން ބުނީ މިފްކޯއަށް މަސް ގަންނަ އަގު ކޮންމެ ހަފްތާއަކު އާއްމުކޮށް އިޢުލާންކުރަމުންގެންދާނެކަމަށެވެ.
މިފްކޯއިން ބުނީ މިހާރު މަސް ގަންނަމުންދާގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫންކަމަށެވެ.
މިފްކޯއިން ބައިނަލްއަގްވާމީ ބާޒާރުގައި މަސްވިއްކުމަށްފަހު ލިބޭ އާމްދަނީއަށްވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާއާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ޚަރަދު ބޮޑުތަނުން އިތުރުވާތީ ކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައިވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައެވެ.
މީގެ އިތުރުން، މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް، އާމްދަނީ އިތުރުކުރެވޭނެ އިތުރުގޮތް ގޮތް ބަލައި، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާއި ގުޅޭ ވުޒާރާތަކާއި ގުޅިގެން އަޅަމުންދާނެކަމަށް މިފްކޯއިން ހާމަކުރެއެވެ.
ބައިނަލް އަގުވާމީ މާކެޓުތަކުގައި މަހުގެ އަގު އުފުލި ދަށްވިޔަސް މީގެ ކުރިން މިފްކޯއިން އެއްވަރެއްގައި ކިލޯއަކަށް ވަކި އަގެއް ކަނޑައަޅައިގެން އައީ ގަންނަމުންނެވެ. ނަމަވެސް ދެން މަހުގެ އަގަށް ކޮންމެ ހަފުތާއަކުވެސް ބަދަލުތަކެއް އަންނަމުންދާނެއެވެ. ވުމާއެކު މަސްވެރިންނަށް ބާނާ މަހަށް ލިބޭނީ ކިހާ ފައިސާއެއްކަން ޔަގީންކަމެއް ނޯންނާނެއެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
1
27 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1