ކެނދިކުޅުދޫގައި ބޭއްވި ވޮލީ މުބާރާތެއްގެ ތެރެއިން -- ފޮޓޯ/ކެނދިކުޅުދޫ ކައުންސިލް
ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުންދާ ޖަމްއިއްޔާތަކުގެ ތެރެއިން ލިޔެކިޔުންތައް ފުރިހަމަނުވާ ޖަމްއިއްޔާތައް އުވާލަން ނިންމާ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އިން ނެރުނު ލިސްޓުގައި ނ. ކެނދިކުޅުދޫގެ ހަތް ޖަމިއްޔާއެއްގެ ނަން ހިމެނިއްޖެއެވެ.
ޔޫތު މިނިސްޓްރީން ކުރި އިއުލާނުގައިވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން 2 އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާތީ ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީ ކޮށްފައި ނުވާތީ 1989 ޖަމިއްޔާ އުވާލުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކެނދިކުޅުދޫއަށް ނިސްބަތްވާ ހަތް ޖަމިއްޔާއެއްގެ ނަން ލިސްޓުގައި ފާހަގަކޮށްފައިވެއެވެ. މި ލިސްޓުގައި ކެނދިކުޅުދޫގެ އެންމެ ދުވަސްވީ ޖަމިއްޔާ ކަމަށްވާ ކެނދިކުޅުދޫ ޒުވާނުންގެ ދިރުމުގެ ނަންވެސް އެބައޮތެވެ. މިއީ 1994 ވަނަ އަހަރުން ފެށިގެން ރަޖިސްޓްރީ ވެގެން ހިންގަމުން އަންނަ ޖަމިއްޔާއެކެވެ. މިނިސްޓްރީގެ ލިސްޓުގައި ނަން އޮތް ނަމަވެސް އެ ޖަމިއްޔާއިން ލިޔެކިޔުން ހުށަހަޅާ މިހާރު އިސްލާހުކޮށްފައިވާ ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އަހަރީ ރިޕޯޓާއެކު އައު ހިންގާ ކޮމިޓީ ވެސް އެ ޖަމިއްޔާއިން ވަނީ ރަޖިސްޓްރީކޮަށް މިނިސްޓްރީން ލިޔުން ހޯދައިފައެވެ.
އަދި ދެން އެންމެ ދުވަސްވީ ސޮސައިޓީ ފޯ ކެނދިކުޅުދޫ އައިލެންޑް ޑިވެލޮޕްމެންޓް (ސްކިޑް) ވެސް ލިސްޓުގައި އެބައޮތެވެ.
މީގެ އިތުރުން ސުޕަ ސްޕޯޓިންގް ބޯއީޒް (އެސްއެސްބީ) އާއި ސޮސައިޓީ ފޯރ ކެނދިކުޅުދޫ ޔޫތު (ސްކައި) އާއި ރޮބިންސިއާ ޔޫތު ފައުންޑޭޝަން އަދި މާސިފުލް ސޮސައިޓީގެ އިތުރުން އެސޯސިއޭޝަން ފޯރ ކެނދިކުޅުދޫ ޔޫތު ޑިވެލޮޕްމެންޓް އެންޑް އެންވަޔަރމެންޓަލް އެލަޔަންސް (އަކީޑިއާ) ހިމެނެއެވެ.
އިންއެކްޓިވް ޖަމްއިއްޔާތަކުން ލިޔެކިޔުން ފުރިހަމަ ކުރުމަށްޓަކައި މިދިޔަ އަހަރު ޑިސެމްބަރު މަހުވެސް އިތުރު ފުރުސަތެއް ދީފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ މިހާރު އާންމުކޮށްފައިވާ ލިސްޓްގައިވާ ޖަމްއިއްޔާތަަކަށް ސެޕްޓެމްބަރު 24، 2023 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް އިތުރު ފުރުސަތެއް ދޭން ނިންމާފައިވާ ކަމަށެވެ. މިގޮތުން ޖަމްއިއްޔާއެއް އުވާލުން ހުއްޓުވައި ދިނުމަށް އެ ޖަމްއިއްޔާގެ މެންބަރަކަށް ނުވަތަ މަސްލަހަތު އޮތް ތިންވަނަ ފަރާތަކަށް ޖަމްއިއްޔާތަކުގެ ރަޖިސްޓަރާއަށް ލިޔުމުން ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ،
ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުންދާ ޖަމްއިއްޔާ ތަކަކީ އެޖަމްއިއްޔާއެއް ނިސްބަތްވާ ރަށާއި، އަތޮޅަށް އަދި މުޅި ގައުމަށް ނުހަނު ފައިދާހުރި އަގުހުރި މަސައްކަތްތަކެއް ހިލޭސާބަހަށް ކުރަމުންގެންދާ ފަރާތްތަކެއްކަން މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1