ވަޒީރު ޠޯރިޤް އިބްރާޙީމް ތިލަފުށީގައި
ޕުލާސްޓިކް ކޮތަޅުން ނަގާ ޓެކްސް ކަނޑާލުން ނުވަތަ ކުޑަ ކުރުމަކީ، ޕުލާސްޓީކާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް އެޅިދާނެ ހުރަހެއް ކަަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ސަބް ކޮމިޓީއަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއާއި މާލީ ވުޒާރާއި ތިމާވެއްޓާއި ބެހޭ ވުޒާރާ ހާޒިރުކޮށް ކުނި މެނޭޖް ކުރުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙަށް ވަނީ މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަމުން ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާޙިމް ވިދާޅުވީ، މިބަދަލަށް ވުޒާރާގެ ތެރެއިން މަޝްވަރާ ކުރައްވަން ވަގުތު ބޭނުންފުޅުވާކަމަށެވެ. އަމިއްލަފުޅު ޚިޔާލު ޙިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، ޓެކްސް ނެގުމުގެ މަޤުޞަދު އެންމެ ރަނގަޅަށް ޙާސިލްވާނީ މިހާރު އޮތްގޮތަށް، އަގަށް ބަދަލު ނުގެނެސް ކުރިއަށްދިއުންކަމަށެވެ. ނަމަވެސް ދެ ފަހަރަށް ނެގޭ ޓެކްހަށް ހައްލެއް ގެނަނަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ތިމާވެއްޓާއި ގުޅުންހުރި ކަންކަމުން ނަގާ ޓެކުހުން އެ ދާއިރާއިން މުހިންމު މަސައްކަތްތަކެއް ކުރައްވަން ރާއްވަވަމުންދާކަމަށް މިނިސްޓާރ ޠާރިޤް ވިދާޅުވިއެވެ.
"2 ރުފިޔާ ނަގައިގެން މެނޭޖުކުރަން ފަސޭހަވާނީ. 50 ލާރި ނަގައިގެން މިނިޒާމުގެ ކަންކަން މެނޭޖުކުރަން ދަތިވާނެ. އީޕީއޭ މެދުވެރިކޮށް، އެފައިސާއިން މުހިންމު ކަންތައްތަކެއް ކުރުމަށްދަނީ ރާވަމުން މިޓެކްސް ފައިސާ މުހިންމު ކަންތައްތަކަކަށް ހޭދަކުރަން. އެހެންވީމާ ޤާނޫނަށް ބަދަލުގެނައުމުގެ ކުރިން މަޝްވަރާ ކުރަން ވަގުތު ބޭނުންވޭ." ވަޒީރު ޠާރިޤު ވިދާޅުވިއެވެ.
ކޮމިޓީ ނިންމަވާލައްވަމުން ވަނީ، އެކަމުގައި މަޝްވަރާކޮށް، އައު ސަރުކާރުން އިސްލާހަށް ޚިޔާލު ހުށައެޅުއްވުމަށް އިތުރު ވަގުތު ދެއްވުމަށް ފުރުޞަތު ދެއްވާފައެވެ. މި މަސައްކަތް އިތުރަށް ކުރިއަށްގެންދިއުމަށް ނިންމަވާފައިވަނީ، އަންނަ އަހަރުގެ ފުރަތަމަ ދަޢުރުގައެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1