ނ. ލަންދޫ
އޮޑިޓް ރިޕޯޓުގައި ޚިޔާނާތުގެ އެއްވެސް މައްސަލައެއް ފެންމަތިވެފައިނުވާކަމަށް ނ. ލަންދޫ ކައުންސިލުން ބުނެފިއެވެ.
ލަންދޫ ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި ކައުންސިލްގެ ބައެއް ހަރަދުތައް ފެންނަން ނެތްކަމަށް ބުނެފައިވެއެވެ. އެގޮތުން އެއް މިލިއަން ރުފިޔާގެ ހަރަދު ފެންނަން ނެތްކަމަށް އެރިޕޯޓުގައިވެއެވެ.
އެކަން ހިނގާދިިޔަގޮތް ބަޔާންކޮށް ލަންދޫ ކައުންސިލުން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ ޚިޔާނާތުގެ އެއްވެސް މައްސަލައެއް ރިޕޯޓުގައި ފެންނަން ނެތްކަމަށެވެ.
ރިޕޯޓުގައި ބުނެފައިވާ އަދަދުގެ ފަރަގެއް އައިސްފައިވަނީ 2020 ވަނަ އަހަރު ހުރިހާ ކައުންސިލްތަކުގެ މާލީ ހިސާބުތައް ބެލެހެއްޓުން ވިޔަ ޕޯޓަލްއަށް ބަދަލުކުރުމުގެ ތެރެއިންކަމަށް ކައުންސިލުން ބުނެއެވެ. ކައުންސިލުން ބުނީ ވިޔަ މޮޑިޔުލަށް ބަދަލުކުރުމަށް ކޮވިޑާއި އެނޫންވެސް ސަބަބުތަކާއިހުރެ ހައެއްކަމަސް ހޭދަވެގެން ދިޔަކަމަށާއި ކޮވިޑްގެ ސަބަބުން ދުވަހުން ދުވަހަށް އޮފީހުގައި ކުރަންޖެހޭ މަސައްކަތް ނުކުރެވި ހުރުމުން އެޕޯޓަލް އަދާހަމަ ކުރެވިފައި ނެތުމުން އެފައިސާގެ ތަފްސީލް ފެންނަން ނެތީ ކަމަށެވެ.
އެހެންނަމަވެސް އެދުވަސްވަރުވެސް ކައުންސިލުން ކުރަންޖެހޭ ރިކަރަންޓް ހަރަދުތައް ކަމަށްވާ މުވައްޒަފުންނަށް މުސާރަ ދިނުން އަދި ދައްކަންޖެހޭ ބިލުތައް ދައްކަމުންދިޔަކަމަށް ކައުންސިލުން ބުނެއެވެ. އެހެންނަމަވެސް ދައުލަތުން ޖަމާކުރި ބްލޮކް ގްރާންޓާއި މިނިސްޓްރީތަކުންނާއި އެހެނިހެން ފަރާތްތަކުން ކައުންސިލަށް ޖަމާކުރި ފައިސާ ވިޔަ ޕޯޓަލްގެ ތެރެއިން އެ މުއާމަލާތްތަކުގެ ރަސީދު ހެދިފައި ނެތް ކަމަށް ކައުންސިލުން ބުނެއެވެ.
ލަންދޫ ކައުންސިލަކީ އެއްވެސް އިރެއްގައި ޚިޔާނާތުގެ އެއްވެސް މައްސަލައެއް ފެންމަތިވެފައިވާ އިދާރާއެއް ނޫންކަމަށް އެކައުންސިލުން ފާހަގަކުރެއެވެ. އަދި މިހާރުވެސް އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހުކުރަމުންދާކަމަށް ކައުންސިލުން ބުނެއެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1