ކެނދިކުޅުދޫ ނަރުދަމާ ފެށިތާ ހަތަރު އަހަރު، ނިމޭކަށް ނޫޅޭ!

Kendhikulhudhoo Narudhamaa feshithaa 4 aharu, Nimeykah noolhey!

ނަރުދަމާގެ މަސައްކަތް ކުރިއަށްދަނީ "ބަރަވެލި" ސްޕީޑުގައި --

3

ނ.ކެނދިކުޅުދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފެށިތާ ހަތަރު އަހަރުވީ އިރުވެސް އެ މަސައްކަތް ނިމޭނެ ދުވަހެއް ނޭންގި، އެ ރަށުގެ ރައްޔިތުން އިންތިހާއަށް މާޔޫސްވެފައި ތިބިކަން ހާމަވެއްޖެއެވެ.

ކެނދިކުޅުދޫ ފެނާއި ނަރުދަމާގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާނެކަމަށް ސަރުކާރުން ލަފާކޮށްފައިވަނީ 2021 ވަނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށެވެ. ނަމަވެސް އެ މަސައްކަތް ނުނިމި އަލުން މަސައްކަތް ނިމޭނެކަމަށް ލަފާކުރީ މި އަހަރުގެ މާރޗު މަހަށެވެ. އެ ތާރީހުވެސް ފަހަނަ އަޅާ ގޮސްފައިވާ އިރު، އަދިވެސް ނިމޭނެ ތާރީހެއް ނޭންގެއެވެ.

 މި ނޫހަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތުލިބޭ ގޮތުގައި ނަރުދަމާގެ މައްސަލައަށް ހައްލެއް ނުލިބިގެން ކައުންސިލުން ވަނީ މިއަހަރުތެރޭގައި ޕްލޭނިންގް މިނިސްޓްރީއާއި ސްޓެޓިކް ކުންފުންޏާއެކު ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި މިއަހަރުގެ މާރޗު މަހަށް މަސައްކަތްތައް ނިންމާލާނެ ކަމަށް ކައުންސިލަށް މިނިސްޓްރީގެ ޔަގީންކަން ދިން ނަމަވެސް އޭރު ދިން މުއްދަތު ހަމަވެގެން ދިޔައިރުވެސް މަސައްކަތްތައް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

މީގެ އިތުރުން ސްޓެޓިކް ކުންފުނީގެ ފަރާތުން މަސައްކަތުގެ ތާވަލާއި ކުރިއަށް ގެންދާނެގޮތުގެ ވޯކް ޝެޑިއުލް ހިއްސާކު ކުރާނެކަމުގައި ވިދާޅުވެފައި ވީނަމަވެސް އަދި މިއަދާ ހަމަޔަށްވެސް މި ޝެޑިއުލް އަދި ވޯކްޕްލޭން ކައުންސިލާ ހަވާލުކޮށްފައެއް ނުވެއެވެ. މިޕްރޮޖެކްޓްގެ ދަށުން އަދި ނުފަށާހުރި މަސައްކަތުގެ ތެރެއިން އެސް.ޓީ.ޕީ ބިލްޑިންގ އަދި ރެއިންވޯޓާ ޓޭންކްތައް އެއްވެސް ވަރަކަށް ކުރިއަކަށް ނުދެއެވެ.

ސްޓެޓިކް ކުންފުންޏާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންފަހުން ފެށި އެންމެ ފުރަތަމަ ޕްރޮޖެކްތަކުގެ ތެރެއިން ޕްރޮޖެކްޓެކެވެ. 2019 ވަނަ އަހަރުގެ މާރޗް މަހު އެ މަސައްކަތް ފެށި އިރު މި ޕްރޮޖެކްޓުގެ އަގަކީ 59.1 މިލިއަން ރުފިޔާއެވެ.


މި މަސައްކަތުގެ ނުނިމި ދިގުލައިގެން ދިއުމާ ގުޅިގެން ކެނދިކުޅުދޫގެ އާއްމުންގެ މީހަކު މި ނޫހަށް ދީފައިވާ އިންޓަވިއުއެއްގައި ބުނީ މި އަތޮޅުތެރޭގައި ނަރުދަމާގެ މަސައްކަތް އެހެން ރަށްރަށުގައި މާފަހުން ފަށައިގެން ގޮސް ނިންމާލެވުނު އިރު މި ރަށުގައި އެކަން ހުއްޓިފައި އޮތުމަކީ ވަރަށް ދަތިވާ ކަމެއް ކަމަށެވެ.

"ވަޅުގަނޑުތައް ކޮނުނު ގޮތަށް ފަސް އަޅާލަން ވެސް ނޭންގިފައި. މިރަށަކީ ސްކޫލު ބަސް ދުއްވާ ރަށެއް. އަންހެން ވެރިން ވެސް ނުލާހިކު ގިނައިން އެއްގަމު އުޅަނދު ދުއްވާ. ވަޅުގަނޑުތައް ގިނަވެގެން އެތައް އެކްސިޑެންޓެއް ހިނގާފަ އެބަހުރި،" އޭނާ ބުންޏެވެ،

އޭނާ ބުނި ގޮތުގައި ނަރުދަމާ އަވަހަށް ނިމޭނެ ކަމުގެ އެއްވެސް ފެހި ސިގްނަލެއް މިހާތަނަށް އަދި ފެންނަން ނެތް ކަމަށެވެ.

ކެނދިކުޅުދޫގެ އެމްޑީޕީ އެކްޓިވިސްޓަކު ބުނީ ނަރުދަމާގެ ކަންކަން ނުނިމި އޮތްހާ ހިނދަކު އެ ރަށުގައި ކުރިއަށް އޮތް އިންތިހާބުތަކަށް ކެމްޕޭންކުރުމަށް އޮތީ ހުރަސް އެޅިފައި ކަމަށެވެ. އަދި ރައްޔިތުންގެ މި ކަންބޮޑުވުންތައް ހުއްޓާ ކެމްޕޭން ކުރަން ފެށުމުން ލިބޭނީ މަލާމަތް ކަމަށެވެ.

"އެންމެ ފަހުން އެމްޑީޕީ ޕްރައިމަރީގައި ވެސް ދިމާވި އެންމެ ބޮޑު ދައްޗަކީ މިއީ. މިކަން ނުނިމު އޮތްހާ ހިނދަކު ކެމްޕޭން ކުރާނީ ކިހިނެތްތޯ؟ އެންމެންވެސް މިކަމާ މިތިބީ ރުޅިގަދަވެފައި."

މި މަސައްކަތް ލަސްވެގެންދާތީ ރައީސް މިފަހުން ކެނދިކުޅުދޫއަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި ވެސް ވަނީ އެކަން އަވަސް ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެމަސައްކަތް ހަވާލު ކުރި ކުންފުންޏަކީ އެކަމަށް އެންމެ ރަނގަޅުއެއް ކުންފުނި ކަމަށް ރައީސް އޭރު ވިދާޅުވެލެއްވިއެވެ.


ލިޔުން ޙިއްސާ ކުރައްވާ

3 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

ކޮމެންޓްތައް

ގަލޭ

15 މާރިޗު 2023

ކެނދިކުޅުދޫގެ ފެނާ ނަރުދަމާގެ މަސައްކަތް ގަސްތުގަ ލަސްކުރަނީ ސްޓެޓިކް އައްޔަ، ކެނދިކުޅުދޫގެ ތަރައްޤީ އަށް ހުރަސްއަޅަން. ދެންހުރި ހުރިހާ ކަމަކަށް މިބަރަވެލިތަކާހެދި އެބަ ހުރަސްއެޅޭ. ކޭކޭ މިދަނީ ފަހަތަށް

ފަތޭ

15 މާރިޗު 2023

އިބޫއަކަށް ނުވާނެ އެއްކަމެއްވެސް

އަލީ

15 މާރިޗު 2023

ކިހާބޮޑު އުނދަގުލެއްތަ ސައިކަލެއް ދުއްވާލެވެނީއެއް ނޫނޭ

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1