ނ،ކެނދިކުޅުދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް
ކެނދިކުޅުދޫ ކައުންސިލުން ކުރިއަށް ގެންދަން ނިންމާފައިވާ "މަގޭ ހީޔާ" ޕުރޮޖެކްޓްގެ ދަށުން ގެވަޅުގައި ގެ އަޅަން ޝަޢުގުވެރިވާ ފާރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.
ކެނދިކުޅުދޫ ކައުންސިލުން "މަގޭ ހިޔާ" ޕުރޮޖެކްޓް އިއުލާންކުރި ފަހުން 2 ފަހަރެއްގެ މަތިން އެ ކަމާއި ގުޅުން ހުރި މަޢޫލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވާފައިވެއެވެ. އޭގެ ތެރެއިން އެއްފަހަރު އެއީ އެ ޕުރޮޖެކްޓުގެ ކޮންޓްރެކްޓަރުންނާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކާއި އެކު ބޭއްވުނު ބައްދަލުވުމެކެވެ.
ކެނދިކުޅުދޫ ކައުންސިލުން "ރަށްފުށު" އޮންލައިންއަށް މަޢުލޫމާތު ދިން ގޮތުގައި މި ފަހަރު މި ހުޅުވާލީ ގެއެޅުމަށް ބޭނުންވާ ފަރާތްތަކާއިއެކު ގެއެޅުމަށް ހުޅުވާލެވުނު ފުރުސަތެވެ. 3 ކޮޓަރި ނުވަތަ އައަށްވުރެ ގިނަ ކޮޓަރީގެ ގެތަށް އަޅަން ބޭނުން ވާފަރާތްތަކާއި އެކު މިހާރުން ފެށިގެން ވެސް ކައުންސިލަށް ކުރިއަށް ދެވިދާނެ ކަމަށާއި، އެހަން ނަމަވެސް 2 ކޮޓަރި ނުވަތަ ސޯސަލް ހައުސިން ކެޓަގަރީގެ އަގުތާކާއި މެދު މަޝްވަރާ ކުރެވި 450،000 ރުފިޔާއަށް ގެ އަޅާ ހަވާލު ކުރެވޭ ވަރަށް އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޢޫފް ވިދާޅުވިއެވެ.
"މަގޭ ހިޔާ" ޕުރޮޖެކްޓުގެ ދަށުން ކެނދިކުޅުދޫ ކައުންސިލުން ކޮށްފައިވާ އިޢުލާންގައި ވަނީ 3 ކޮޓަރި އަދި އެއަށް ވުރެ ގިނަ ކޮޓަރީގެ ގެތަށް އަޅަން ޝަޢުގުވެރިވާ ފަރާތްތަކުން އެ ކައުންސިލްގައި ނަންނޯޓްކޮށް ފޯމް ފުރުމަށް ހުޅުވާލައިފައެވެ. އެ ކަމަށް އެދި ހުށަހަޅާ ފޯމް އެ ކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި، އަދި އޮންލައިން ކޮށް ރަޖިސްޓްރީ ވާން ބޭނުން ވާފަރާތަކުން އޮންލައިން ރެޖިސްޓްރޭޝަން ލިންކް: https://forms.office.com/r/YtWJJ6J3r5 މެދުވެރިކޮށް މިކަމަށް ރަޖިސްޓްރީ ވެވޭނެ ކަމަށް އެ އިއުލާންގައިވެއެވެ. ޝައުގުވެރިވާ ފަރާތްތަކަށް އެ ކަމަށް އެދި ހުޙަހެޅުމުގެ އެންމެ ފަހު ތާރީހަކީ 12 އޮކްޓޫބަރު 2023 ވަނަ ދުވަހުގެ މެންދުރު 14:00 އާއި ހަމަޔަށެވެ.
"މަގޭ ހިޔާ" ޕުރެޖެކްޓަކީ މި ހާތަނަށް ކެނދިކުޅުދޫގައި ހިންގޭ އެންމެ ފުރަތަމަ ހައުސިން ޕުރޮޖެކްޓެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1