ކެނދިކުޅުދޫ ޖޫނިއާރ ކޮލުޖު އެޅުމަށް ކަނޑައަޅާފައިވާ ބިމުގައި ހުރި ރުއްގަސްތައް ނަގައިދޭނެ ބަޔަކު ހޯދަނީ

Kendhikulhudhoo junior college alhaa bimuga huri ruh'gasthah nagaidheyne bayaku hoadhany

ކެނދިކުޅުދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ޖޫނިއާ ކޮލެޖުގެ ކުރެހުން

0

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން ކެނދިކުޅުދޫގައި ޤާއިމްކުރުމަށް ނިންމާފައިވާ ޖޫނިއަރ ކޮލެޖު އިމާރަތް ކުރާ ބިމުގައި ހުރި ރުއްގަސްތައް ނަގައި ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް މިއަދު ކެނދިކުޅުދޫ ކައުންސިލުން އިޢުލާންކޮށްފިއެވެ.

މި އިޢުލާނުގައި، ކޮލެޖް އެޅުމަށް ހަމަޖެހިފައިވާ 86،000 އަކަ ފޫޓުގެ ބިމުގައި ހުރި އެންމެހާ ރުއްގަސް ނަގައިދޭން ޝަޢުޤުވެރިވާ ފަރާތްތަކުން 20 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ރަޖިސްޓަރ ކުރަން ވަނީ ހުށައަޅައިފައެވެ.

އެގޮތުން 30 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ބިޑް ހުށަހެޅުން ކުރިއަށް ދާނީ ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. މި މަސައްކަތަށް އޮންލައިންކޮށް ބިޑް ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާާފައެވެ.

މި މަސައްކަަތަށް އެންމެ ޤާބިލް ފާރާތެއް ހޮވުމުގައި:

  • މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގަށް %60 (ފަސްދޮޅަސް އިންސައްތަ) 
  • ޕްރޮޕޯޒަލްއިވެލުއޭޓް ކުރުމުގައި ބެލޭނެކަންކަމާއި ޕޮއިންޓްދެވޭނެގޮތް 40% (ސާޅީސް އިންސައްތަ ބެހިފައިވާ ގޮތް)
  • މަސައްކަތް ނިންމުމަށް ހުށަހަޅާ މުއަދަތަށް %30 (ތިރީސް އިންސައްތަ)
  • މަސައްކަތާއި ގުޅުންހުރި ދާއިރާގެ ތަޖުރިބާއަށް 10 %  (ދިހަ އިންސައްތަ)

މި ކަންކަމަށް މާކުސް ދެވިގެންދާނެކަމަށް ކެނދިކުޅުދޫ ކައުންސިލް ނެރުނު އިޢުލާނުގައިވެއެވެ. 

މި ސަރުކާރުން ވަޢުދުވަފައިވާ، ކެނދިކުޅުދޫގެ ޖޫނިއާރ ކޮލެޖް އަޅާ ހިންގުމަށް ވިލާ ކުންފުންޔާ ވަނީ ހަވާލުކުރެވިފައެވެ.   

ނ.ކެނދިކުޅުދޫގައި ތަރައްޤީކުރާ ޖޫނިއަރ ކޮލެޖަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށްގެން މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގާ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ކޮލެޖެކެވެ.

އަދި މިއީ މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ މަޝްރޫޢުގެ ތެރެއިން ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ހިންގާ މަޝްރޫޢެކެވެ. 

މި މަޝްރޫޢުގެ އެއްބަސްވުމުގެ ދަށުން 2 އަހަރާއި 3 މަސްދުވަހުގެ ތެރޭގައި ކޮލެޖް ތަރައްޤީކޮށް ނިންމަން ޖެހެއެވެ. މިކޮލެޖް ހިންގުމަށް ވިލާއަށް ދީފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ.

ނ.ކެނދިކުޅުދޫގައި ތަރައްޤީ ކުރަން ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ މަތީ ފަންތީގެ ޓޫރިޒަމާއި، ހޮސްޕިޓަލިޓީ ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. ނަމަވެސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް މިކޮލެޖްގައި ހިންގުމަށް މަގުފަހިވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖެއް އެޅުމަކީ ސަރުކާރުން ވަރަށް ޒަމާންވަންދެން ދެކެމުން އައި ހުވަފެނެއްކަމަށެވެ.

މިއީ ސަރުކާރުގެ މެނިފެސްޓޯގައި ބޮޑު އަކުރުން ލިޔެވި، އެތައް ޚަރަދެއް ކޮށްފައިވާ ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިޖުނިއަރ ކޮލެޖުން ސަރުކާރުން ޒުވާނުންނަށް މަސައްކަތުގެ ހުނަރާއި މަސައްކަތުގެ އާދަކާދައާއި މަސައްކަތުގެ ވައްޓަފާޅި ދަސްކޮށްދީ، ވަޒީފާއަށް އަހުލުވެރި ބަޔަކަށް ހެދުމަށްޓަކައި ބޭނުންވާ ހުނަރު ފޯރު ކޮށްދެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިޕްރޮޖެކްޓް ހުރިހާ ފިޔަވައްސެއް ނިމޭއިރު ޖޫނިއަރ ކޮލެޖުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެއެވެ. އަދި ޓޫރިޒަމާއި ހޮސްޕިޓަލިޓީގެ ފަންނީ ތަމްރީނުތައް ދިނުމަށާއި ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ޓޫރިސްޓް ފެސިލިޓީއެއް އިންސްޓިޓިއުޓާއެކު ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މަދުވެގެން 6 ކްލާސް ރޫމާއި ސީ.ޓީ ލެބޯރެޓަރީއަކާއި، އޮޑިޓޯރިއަމެއްގެ އިތުރުން ލައިބްރަރީއެއްވެސް ހުންނާނެއެވެ.

މީގެއިތުރުން އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއެއްގެ އިތުރުން މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތައްވެސް ހުންނާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން ވެސް، މިޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު، ހުރުމާއެކު އަސާސީ ޚިދުމަތްތައް ހުންނާނެއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1