ފޮޓޯ: ތިލަދުން
ކެނދިކުޅުދޫ ކައުންސިލުން އިއްޔެ ކުރި އިޢުލާނެއްގައި ކެނދިކުޅުދޫ ޓުއަރިޒަމް ޒޯނުން ބިމެއް ތަރައްގީކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ވަނީ އިއުލާން ކޮށްފައެވެ.
ކެނދިކުޅުދޫއިން ފާސްކޮށްފައިވާ ލޭންޑު ޔޫސް ޕުލޭނުގައި ޓޫއަރިޒަމަށް ހާއްސަކުރެވިފައިވާ ރަށުގެ އުތުރު ސަރަހައްދުން 10000 އަކމިޓާރުގެ ބިމެއް 50 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފާ ހިންގަދޭނެ ފަރާތެެއް ހޯދުމަށް ވަނީ އިއްޔެ އިއުލާންކޮށްފައެވެ. މިއީ ކެނދިކުޅުދޫގައި ޓުއަރިޒަމްގެ ބޭނުމަށް ހާއްސަކޮށް ހުޅުވާލެވުނު ފުރަތަމަ ބިމެވެ.
އެ ބިމަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ޤާނޫނު ނަމްބަރު 18/2014 ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ. މި އިއުލާނުގައި ވާ ގޮތުން އެ ބިމުގެ އިކުއިޒިޝަން ފީއެއްގެ ގޮތުގައި މަދުވެގެން 308،400 (ތިން ލައްކަ އަށްހާސް ހަތރު ސަތޭކަ ރުފިޔާ ) އަދި މަހު ކުލީގެ ގޮތުގައި މަދުވެގެން 51،400 (ފަންސާސް އެއްހާސް ހަތަރު ސަތޭކަ ރުފިޔާ) ހުށަހަޅަން ޖެހެއެވެ. އޭގެ އިތުރުން، އިއުލާނުގައި ވާގޮތުން މި ބިމަށް ބީލަން ހުށަހެޅީ ރަޖިސްޓްރީވެ ބީލަން ފޮތް ގަންނަ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތުގެ އަގަކީ 20،000 ރުފިޔާއެވެ.
މި ބިމަށް ޝަޢުގުވެރިވާ ފާރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް 10 މާރިޗު 2024 އިން ފެށުގެން އެ މަހު 17 ވާ އާދިއްތަ ދުވަހާއި ހަމައަށް އޮންލައިން ފޯމެއް މެދުވެރިކޮށް ވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓްރީވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ވެފައިވާ ފާރަތްތަކަށް ފޮނުވާ، "ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ" ފޯމް ފުރިހަމަކޮށް 17 މާރިޗް 2024 ވާ އާދިއްތަ ދުވަހުގެ ކުރިން [email protected] ފޮނުވަންވާނެ ކަމަށް އެ އީއުލާނުގައިވެއެވެ.
ކެނދިކުޅުދޫ ކައުންސިލްގެ ރައީސް ރަށްފުށު އޮންލައިންއަށް މަޢުލޫމާތު ދެމުން ވިދާޅުވީ، މިއަދު ކުރެވިގެން މި ދިޔައީ ވަރަށް ތާރީޚީ ކަމެއް ކަމަށާއި އަބަދުވެސް އަމާޒަކީ ކެނދިކުޅުދޫގައި ލޯކަލް ޓުއަރިޒަމް ފެށި އޭގެ ހަގީގީ މަންފާ ރަށުގެ ރައްޔިތުންނަށް ލިބިގެން ދިއުން ކަމަށެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1