ރައީސް ސޯލިހްއަށް ކެނދިކުޅުދޫއިން ކިޔާފައިވާ މަރުހަބާ -- ފޮޓޯ/އެމްޑީޕީ
ކެނދިކުޅުދޫ އިން ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިގެން ހިންގާ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ހިންގުމަށްޓަކައި ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި އެކި ބޭނުންތަކަށް ކަނޑައެޅިފައިވާ ބިންތަކުގެ ތެރެއިން ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ކަނޑައެޅިފައިވާ ބިންތައް ދޫކުރުމަށް ހުޅުވާލައިފިއެވެ.
ކެނދިކުޅުދޫގެ ލޭންޑްޔޫސް ޕްލޭނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ޕާޓީތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ބިމެވެ. އަދި މި ބިން ދޫކުރާނީ ކައުންސިލުން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ޕާޓީތަކަކަށް އެކަނި ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އެގޮތުން ބިން ހޯދުމަށް އެދޭ ޕާޓީއަކީ ކެނދިކުޅުދޫގެ ރަށްވެހިން ހިމެނޭ ޕާޓީއަކަށްވުމާއި ޕާޓީގައި މަދުވެގެން 10،000 މެމްބަރުން ތިބުން ހިމެނެއެވެ.
ސިޔާސީ ފޯރި ރާއްޖޭގައި ގަދަވަމުންދާ މި ދަނޑިވަޅުގައި ކެނދިކުޅުދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް ހޯދުމަށް ސިޔާސީ ޕާޓީތަކުން އެކަމަށް ހާއްސަ ފޯމު ނަންގަވައި އެ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް ހުށައެޅުމަށް މިހާރު އޮތީ ފުރުސަތު ހުޅުވާލައިފައެވެ. އެގޮތުން މި ބިންތައް ހޯދުމަށް ޝަރުތުހަމަވާ ޕާޓީތަކަށް ބީލަމަށް ހުޅުވާލަން ނިންމާފައިވާއިރު، މިކަމާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ ހަތްވަނަ ދުވަހު ކެނދިކުޅުދޫ ކައުންސިލުގެ މީޓިންގް ރޫމުގައި ކުރިއަށްދާނެއެވެ. އަދި ބިންތަކުގެ ބީލަން ހުޅުވާލުން ރަސްމީކޮށް އޮންނާނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.
ސިޔާސީ ޕާޓީތަކަށް ދޫކުރެވޭ ކޮންމެ ބިމެއްވެސް ދޫކުރެވޭނީ ކުއްޔަށްދިނުމުގެ އުޞޫލުން، އަކަފޫޓަކަށް 15.0ލ ( ފަނަރަ ލާރި) ގެ ނިސްބަތުން ކޮންމެ މަހަކު ބިން ދޫކުރެވޭ ޕާޓީއިން ކައުންސިލަށް ކުލި ދައްކާ ގޮތަށްކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މިއުސޫލުގެ ދަށުން ކަނޑައެޅޭ އަކަފޫޓުގެ ކުލީގެ ރޭޓު، ޤައުމުގެ އިގުތިސާދީ ޙާލަތަށް އަންނަ ބަދަލާއި، އާންމު ދިރިއުޅުމާއި ތަކެތީގެ އަގުތަކަށް އަންނަ ބަދަލާއި ރަށުގެ ބިމުގެ ޑިމާންޑަށް ބަލާ ރިވިއުކުރުމުގެ ފުރުސަތު ކައުންސިލަށް އޮންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1