ލޯބިން ފިލްމުގެ ޓައިޓަލް ލަވައިގެ މަންޒަރެއް - އައިފިލްމްސް
ދިވެހި ފިލްމީ ދުނިޔެއަށް އާ އުންމީދެއް ގެނެސްދޭނެ ކަމަށް ބެލެވޭ ފިލްމު "ލޯބިން...؟" އަންނަ މަހުގެ 6 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި އަޅުވަން ތައްޔާރުވެއްޖެ އެވެ. ޑައިރެކްޓަރު އިލްޔާސް ވަހީދުގެ މި ފިލްމަކީ ރާއްޖޭގައި ހިނގާފައިވާ ހަގީގީ ހާދިސާތަކަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ބޮޑުބައި ޝޫޓްކޮށްފައިވަނީ ނ. ކެނދިކުޅުދޫގެ ހިތްގައިމު މާޙައުލުގަ އެވެ.
މި ފިލްމަކީ ހަގީގީ ހާދިސާތަކަކަށް ބިނާކޮށް ހަދާފައިވާ، ވަރަށް ޖަޒުބާތީ އަދި ހިތާމަވެރިކަމުގެ އިތުރުން ލޯބީގެ ވާހަކައެއް ކަމަށް ފިލްމުގެ ޓީމުން ބުނެ އެވެ. މި ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި މައިޝާ އާދަމް (ތާތި)، އަހުމަދު އިފްނާޒް އަދި އަހުމަދު ޝާރިފް ހިމެނޭއިރު، އައިމިނަތު ރަޝީދު އަދި ނުޒުހަތު ޝުއައިބް ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ. މީގެ އިތުރުން ވެސް ގިނަ ތަރިންތަކެއް މި ފިލްމުން ފެނިގެންދާނެ އެވެ.
ފިލްމުގެ ބޮޑުބައި ޝޫޓްކޮށްފައިވަނީ ހިތްގައިމު ރަށް ނ. ކެނދިކުޅުދޫގަ އެވެ. ބައެއް ސީންތައް އއ ދަނގެތީގައި ވެސް އަދި މާލެ ސަރަހައްދުގައި ވެސް ވަނީ ނަގާފަ އެވެ. ފިލްމާ ބެހޭ ގޮތުން ޑައިރެކްޓަރު އިލްޔާސް ވަހީދު ބުނީ، ކެނދިކުޅުދޫއަކީ ވަރަށް ހިތްހެޔޮ މީހުން އުޅޭ ރަށެއް ކަމަށާއި، އެ ރަށަކީ ގުދުރަތީ ރީތި ގިނަ ސިފަތަކެއް ލިބިފައިވާ ތަނެއް ކަމުން ފިލްމް އިތުރަށް ފުރިހަމަކޮށްދޭ ކަމަށެވެ. މިހާތަނަށް ރިލީޒްކޮށްފައިވާ ޓްރެއިލާ، އަދި ލޮލުގެ ޖަޒުބާތުން އަދި ލޯބިން...؟ ގެ ޓައިޓަލް ލަވައިގައި ކެނދިކުޅުދޫގެ ހިތްގައިމުކަން ވަރަށް ފުރިހަމައަށް ދައްކުވައިދެ އެވެ. އެ ރަށުގެ ރީތި ކުޅިތަކާއި ހިތްފަސޭހަ މާހައުލުން ފިލްމުގެ ކޮންމެ މަންޒަރަކަށް ވެސް ވަނީ އިތުރު ފުރިހަމަކަމެއް ގެނެސްދީފަ އެވެ.
އިއްލެގެ ފުރަތަމަ ލޯބީގެ ފިލްމް، 'ލޯބިން'ގެ ޓްރެއިލާ ހީކުރި ގޮތެއް ނޫނެވެ. ޓިޕިކަލް ލަވް ސްޓޯރީއެއްގެ ބަދަލުގައި ފެނުނީ ހީވެސް ނުކުރާހާ މަންޒަރުތަކެކެވެ. ޓްރެއިލާ އިން ފެނުނީ ހަށިވިއްކަން މަޖުބޫރުވެފައިވާ އަންހެނެއްގެ ވާހަކަހެން ހީވުމުން، މި ފިލްމަކީ ގިނަ ބަޔަކު ސިނަމާ އަށް ދަމައިގަންނާނެ ފިލްމެއް ކަމަށް ބެލެވެ އެވެ.
އެކަމަކު އެންމެ ބޮޑަށް ގިނަބަޔަކަށް އަޅައިގަތީ ތާތިގެ އެކްޓިން އެވެ. އޭނާގެ ޖަޒުބާތުތައް ދައްކާލާފައި ހުރިލެއް ފުރިހަމަ އެވެ. ކޮންމެ ހާލަތަކާ ގުޅޭ ގޮތަށް އޭނާގެ މޫނަށާއި އަޑަށް އަންނަ ކުލަވަރުން މިހާރު ވެސް މި ފިލްމު ގިނަ ބަޔަކު އިތުރަށް ބަލާ ހިތްވެއްޖެ އެވެ. 'ލޯބިން...؟' އަކީ ދިވެހި ފިލްމު އިންޑަސްޓްރީ އަށް އަލަށް ގެނެސްދޭނެ ތަފާތު ތަޖުރިބާއެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އައިފިލްމްސް، އިންޖީނިއަސް ވިޝުއަލް ފެކްޓަރީ އަދި ލައިޓްސް އައުޓް ޕްރޮޑަކްޝަނުން ގެނެސްދޭ ފިލްމު 'ލޯބިން' މި ފިލްމުގައި ހަށިވިއްކުން، ގެވެށި އަނިޔާ، ބްލެކްމޭލް ހިމެނޭނެ ކަމަށެވެ. އަދި ލޯބީގެ ކުޅިގަނޑެއްގެ އިތުރުން ރާއްޖޭގައި ގިނަވެފައިވާ މައްސަލައެއް ކަމަށްވާ ގޭންގު ވައިލެންސް ވެސް ފެންނާނެއެވެ.
މި ފިލްމުގެ ޓައިޓްލް ސޯންގް ވެސް ނެރެ، ގިނަބައެއްގެ ސަމާލުކަން ހޯދާފައިވާއިރު، ލައިޓްސްއައުޓް ޕްރޮޑަކްޝަނުން ޕޯސްޓް ޕްރޮޑަކްޝަން ހަދާފައިވާ މި ލަވަ ކިޔާފައިވަނީ ޝައްމޫން މުހައްމަދާއި އައިޝަތު މާއިން ރަޝީދުއެވެ. ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ހަދާފައިވާ މި ލަވައަށް މިއުޒިކު ހަދާފައިވަނީ ޝަހީދު ލެގަސީއެވެ. ސަމާހު އިބްރާހިމް ކެމެރާކޮށްފައިވާއިރު، މޭކަޕް އާޓިސްޓަކީ ރުތުބާއެވެ.
މި ފިލްމުގެ ޓްރެއިލަރ އާއި ރަސްމީ ޕޯސްޓަރު ވެސް މިހާރުވަނީ އާންމުންނަށް ދޫކޮށްލާފައެވެ. އިއްލެ ހަދާ ލޯބީގެ ފުރަތަމަ ފިލްމު 'ލޯބިން' އަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްހަދާ ފިލްމެކެވެ. މި ފިލްމުގެ ފުރަތަމަ ތިން ޝޯވ ކަމަށްވާ އޮގަސްޓް 7،8 އަދި 9 ވަނަ ދުވަހުގެ ރޭ ޓިކެޓު ގަތުމަށް މިހާރުވަނީ ހުޅުވާލާފައެވެ.
0%
0%
0%
0%
0%
11 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
5 ޖުލައި 2025
0
9 ޖޫން 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޖޫން 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ޑިސެންބަރު 2023
1