ކޮންމެ އަހަރަކުވެސް ކެނދިކުޅުދޫއަށް ހުވަނީގެ އުނދަގޫ ޖެހޭ ކަމަށާއި އެހެން ނަމަވެސް މިއަހަރު އޭގެ އުނދަގޫ އިންތިހާއަށް ބޮޑުވެފައިވާކަމަށް އެ ރަށުން ބުނެފިއެވެ.
ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް ވިދާޅުވި ގޮތުގައި ހުވަނީގެ އުނދަގޫ އެހެން އަހަރުތަކާ ހިލާފަށް މިއަހަރު މާބޮޑަށް ޖެހިގެން އެކަމުގެ ވަރަށް ގިނަ ޝަކުވާތަކެއް ކައުންސިލަށް ދަނީ ލިބެމުންނެވެ. އަދި ހުވަނި އެޅުން ހުއްޓުވުމުގެ ގޮތުން ހުވަނި އަޅާފައިވާ ގަސްގަހުގައި ރޯ ކުރުމުގެ ހުއްދަވެސް ކައުންސިލުން ދީފައިވާކަމަށް ރައޫފް ވިދާޅުވިއެވެ.
މީގެ އިތުރުން ހުވަނި ފެތުރިފައިވާ ސަރަހަައްދުތަކުގައި އުޅޭ އާއްމުންނަށް އެކަން ތުރާލަކަށްވެ އާއްމު ދިރިއުޅުމަށް ކުރާ މަސައްކަތަށް ދަތިވެފައިވާއިރު، ކެނދިކޮޅު އަވަށު ޕްރީ ސްކޫލުވެސް ބަންދުކުރަން ޖެހިފައިވާ ކަން ރައޫފް ފާހަގަކުރެއްވިއެވެ. ޕްރީ ސްކޫލް ސަރަހައްދުގައި ހުރި މިދިލި ގަސްތަކުގައި ވަރަށް ބޮޑަށް ހުވަނި އަޅާފައިވާތީ މިދިޔަ ހަފުތާގެ ތެރޭގައި ޕްރީ ސްކޫލް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށާއި، އެ ސަރަހައްދުގައި ހުރި އާއްމުންގެ ގަސްތައް ކަނޑައިދިނުމަށް ނުވަތަ އަންދައިދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.
"މިކަމަށް ހައްލެއް ހޯދުމަށް ކައުންސިލްއިން މިހާ ހިސާބަށް ވަނީ މަސައްކަތްތަކެއް ކުރެވިފައި. އެގޮތުން ބައެއް ގަސްތަކަށް ސްޕްރޭ، ފޮގު ޖެހިފައި. އެކަމަކު އޭގެ ނަތީޖާ އޭހާ ރަނގަޅެއް ނޫން. އެކަމަކުން އެޔަށް އެހާބޮޑު އަސަރުތަކެއް ނުކުރޭ." ރައޫފް ވިދާޅުވިއެވެ.
ހުވަންޏަކީ ރާއްޖޭގެ ގަސްގަހުގައި އާންމުކޮށް އަޅާ ފަންޏެކެވެ. މި ފަނި އިންސާނުންނަށާއި ތަފާތު ވައްތަރުގެ ގަސްތަކަށް ގެއްްލުންދެއެވެ.
އާންމުކޮށް ހުވަނި ގައިގައި ޖެހުމަކީ މާ ނުރައްކާތެރިކަމަކަށް ނުވިޔަސް، ބައެއް ފަހަރު މިކަމަކީ ނުރައްކާތެރި ހާލަތަކަށް ގޮސްދާނެކަމެކެވެ. އަދި އެލާރޖިކްވެގެން ޖެހޭ ބައްޔެއް ހުންނަ މީހަކުނަމަ އެބަލި ބޮޑުވުންވެސްް އެކަށީގެންވެއެވެ. އެގޮތުން ނޭވާ ހިއްލާ މީހެއް ނަމަ އެކަމުގެ އުނދަގޫ ބޮޑުވެދާނެއެވެ. އަދި ޝޮކްޖެހުންވެސް އެކަށީގެންވެއެވެ.
0%
0%
0%
0%
0%
ކައުންސިލަރ
5 މާރިޗު 2024
ކޭ.ކޭ ކައުންލްގެ އޯގާތެރިކަމުން ވީ ގޮތެއްތީ
ކައުންސިލް
5 މާރިޗު 2024
ކައުންސިލްގެ ފަރުވާތެރިކަމާ އޯގާތެރިކަމުން ވީ ގޮތް ތީ.
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1