ފޮޓޯ: ކެނދިކުޅުދޫ ކައުންސިލް
ވޭތުވެ ދިޔަ ހަފްތާގެ ތެރޭގައި ރައީސްުލްޖުމްހޫރިއްޔާ އުތުރުގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުގައި ނ.ކެނދިކުޅުދޫއަށް ވަޑައިގެން ކެންޕެއިން ހަރަކާތް ހިންގުން ކުށްވރިކޮށް އެ ރަށު ކައުންސިލުން ނެރެފައިވާ ބަޔާން ބާތިލް ކުރުމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލް.ޖީ.އޭ)އިން އެ ކައުންސިލަށް އަންގައިފިއެވެ.
އެލް.ޖީ.އޭޖގެ ސިޓީގައި ބުނެފައިވަނީ، ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ސަރުކާރުގެ އޮފީސްތަކުން ހިންގާ ހަރަކާތްތަކާއި ދެކޮޅަށް އަދި ވަކިން ހާއްސަކޮށް ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ނިންމާނިންމުންތަކާއި ދެކޮޅަށް ކައުންސިލްތަކުން ނޫސްބަޔާން ނެރުމަކީ ކައުންސިލްތަކަށް ލިބިފައިވާ ޤާނޫނީ ބާރެއް ނޫންކަމަށެވެ.
އެލް.ޖީ.އޭއިން އިތުރަށް ބުނެފައިވަނީ، އެ ނޫސްބަޔާނުގައި ސޮއި ނެތުމާއި އަދި ކައުންސިލްގެ ނޫސްބަޔާނަށް ޒިންމާވެނެ ފަރާތެއްގެ ނަން ނެތުމަކީ އެ ބަޔާނުގެ ސައްހަކަމާއި މެދު ސުވާލު އުފެދޭކަމެއްކަމަށެވެ. އަދި ޤާނޫނީ ހަމަތަކިގެ ބޭރުން އަދި ކައުންސިލްގެ މަސްއޫލިއްޔަތުގެ ބޭރުން ނެރެފައިވާ ނޫސްބަޔާން ބާތިލްކުރަން ވަނީ އެ ސިޓީގައި އަންގާފައެވެ.
އިއްޔެ ރޭގެ ވަގުތެއްގައި ކެނދިކުޅުދޫ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި، ރަސްމީ ދަތުރުފުޅެއްގެ ނަމުގައި ކެނދިކުޅުދޫއަށް ވަޑައިގެން ރައީސުލްޖުްހޫރިއްޔާ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރައްވާފައިވާ ކަމަށް ތުހުމަތުކޮށް، ސިޔާސީ އެއްވެސް ފަރާތްތަކުން އެފަދަ އަމަލުތަށް ތަކުރާރުނުކުރުމަށް އިލްތިމާސްކޮށްފައެވެ.
އެލް.ޖީ.އޭއިން ކައުންސިލްގެ ނޫސްބަޔާން ބާތިލް ކުރަން އެގުމާއި ގުޅިގެން، ކެނދިކުޅުދޫ ކައުންސިލުން އަދި އެއްވެސް ބަހެއް ބުނެފައެއްނުވެއެވެ. ނަމަވެސް އެމް.ޑީ.ޕީ އިން ވަނީ ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން އަނބުރާ ގެންދިއުމަށް އެލް.ޖީ.އޭއިން އަންގި އެންގުން ކުށްވެރިކޮށްފައެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1