ނަރުހުންގެ ކައުންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ކެނދިކުޅުދޫ ކައުންސިލް
ނ.ކެނދިކުޅުދޫގައި އެ ރަށު ކައުންސިލުން ޙަރަދު ކޮށްގެން ގާއިމު ކުރި ނަރުހުންގެ ކައުންޓަރެއް ނަރުހުންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ހުޅުވައިފިއެވެ.
ކެނދިކުޅުދުދޫ ހެލްތު ސެންޓަރުގައި ގާއިމު ކުރި މި ކައުންޓަރު ހުޅުވައިދެއްވީ ކައުންސިލް މެމްބަރު މަރިޔަމް ރިފާޝާއެވެ. މި ސްޓޭޝަނާއެކު ފަރުވާ ދިނުމުގައި ނަރުހުން ބޭނުން ކުރާ އިތުރު އާލާތްތަކާއި، އެމަޖެންސީ ވޯޑަގައި ބޭނުންކުރުމަށް 2 އޭ.ސީ ވެސް ކައުންސިލުން ވަނީ އެ ރަށު ހެލްތު ސެންޓަރަށް ހަދިޔާ ކޮށްފައެވެ.
ނާސިންގް ސްޓޭޝަން ހުޅުވުމުގެ ސަބަބުން އެމަޖެންސީގައި އަންނަ ބަލި މީހުންނަށާއި ވާޑުގައި ތިބޭ ބަލިމީހުންނަށް އިތުރު ފަރުވާގެ ފުރިހަމަކަމެއް ލިބިގެން ދާނެ ކަމަށް ކައުންސިލް މެމްބަރު މަރިޔަމް ރިފާޝާ ވަނީ ވިދާޅުވެފައެވެ.
"ނަރުހުންނަށް ޙިދުމަތް ދިނުމުގައި ދަތިތަކެއް ހުރި ކަމުގެ ޝަކުވާ އަބަދުވެސް ލިބޭ، އެހެން ކަމުން ނަރުހުންގެ ސްޓޭޝަން އަކީ މިކަމަށް ގެނެވޭނެ ބޮޑު ހައްލެއް ކަމަށް ދެކި ނާސިންގް ސްޓޭޝަނަށް އަަކަށް ޙަރަދު ކުރުމަށް ކައުންސިލުން ނިންމީ." ރިފާޝާ ވިދާޅުވިއެވެ.
މީގެ އިތުރުން ސިއްޙީ ދާއިރާއަކީ ކައުންސިލުން އަބަދުވެސް ވަރަށް ޙާއްސަ އިސްކަމެއްދޭ ދާއިރާއެއްކަން ރިފާޝާ ފާހަގަކުރެއްވިއެވެ.
ނަރުހުންގެ ސްޓޭޝަން ގާއިމު ކުރުމަށާއި، ހެލްތު ސެންޓަރަށް ހަދިޔާ ކުރި ތަކެއްޗަށް ކައުންސިލުން ވަނީ 56،700ރ ޙަރަދުކޮށްފައެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1