ކެނދިކުޅުދޫގެ އާ އިންޖީނުގެ -- ފޮޓޯ/މުހައްމަދު ތަހްލީލް
ނ.ކެނދިކުޅުދޫގެ ބާ އިންޖީނުގޭގެ އިންޖީނުތައް ނިއްވާލައި، އަލަށް ހެދި އިންޖީނުގެއިން ހިދުމަތްދޭން ފަށައިފިއެވެ.
އެ ރަށަށް ކުރިން ހިދުމަތް ދެމުން އައި އިންޖީނުގޭގައި ބޭނުން ކުރަމުން އައި އިންޖީނުތައް ނިއްވާލައި، މި ސަރުކާރުން އަލަށް ގާއިމް ކުރި އިންޖީނުގެއިން މިއަދު ޙިދުމަތް ދޭން ވަނީ ފަށައިފައެވެ. އިންޖީނުގެއާއެކު އަލަށް ހެދި އިންޖީނުގެ ހިންގާ ފެނަކަ އޮފީސް އިމާރާތަށް ސަރުކާރުން 60 މިލިއަން ރުފިޔާ ޙަރަދު ކޮށްފައިވާ އިރު، މިއީ ކެނދިކުޅުދޫ ރައްޔިތުން ދެކެމުން އައި ހުވަފެނެކެވެ.
ކުރިން އިންޖީނުގެ ހުރި ބިމަކީ ކެނދިކުޅުދޫ ސްކޫލާއި، ކައުންސިލް އިދާރާ އަދި އިޖުތިމާއީ މަރުކަޒާ އިންވެގެން އޮތް ބިމެއްގައި ގާއިމް ކޮށްފައިވާ އިންޖީނުގެއެކެވެ. އެހެން ކަމުން އެތަނުން އަރައި ދުމާއި، ބާރު އަޑު އަދި އިމާރާތް ހެލުން ފަދަ ކަންކަމަކީ ރައްޔިތުންގެ ދުވަސްވީ ޝަކުވާއެކެވެ. ޙާއްސަކޮށް ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން މިކަމަށް ހައްލެއް ހޯދައިދިނުމަށް އެދޭތާ މި ވަނީ އަހަރުތަކެއް ވެފައެވެ.
އަލަށް ހެދި އިންޖީނުގެއާއެކު އެ ހުވަފެންތަކުގައި ކުލަ ޖެހިގެން ދިޔައިރު، މީގެ ކުރިން އިންޖީނުގެއާ ދުރުގައި ހުންނަ ބައެއް އިމާރާތްތަކާއި ގެތަކަށް އެކަށީގެންވާ މިންވަރަކަށް ވޮލްޓޭޖް ނުލިބުމަކީ ވެސް ބޮޑު ޝަކުވާއެކެވެ. އަލަށް ހެދިގެން ދިޔަ އިންޖީނު ގޭގެ މަޝްރޫއާއެކު ހައިވޯޓޭޖުގެ ކަރަންޓު ވިއުގައެއް އަލަށް ގާއިމުކުރެވުމުގެ އިތުރުން މިހާރު ރަށުގެ ސަރަހައްދުތަކުގައި ހަތަރު ޓްރާންސްފޯމަރު ހަރުކޮށް ހުރިހާ ގޭބިސީއަކަށް ވެސް 220 ވޯލްޓްގެ ކަރަންޓް ޔަގީންވާނެ ކަމަށް ކެނދިކުޅުދޫ ފެނަކަ ބްރާންޗްގެ މެނޭޖަރު އާދަމް ސައީދު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން ވަރަށް ދުވަސްވަންދެން ދެކެމުން އައި ހުވަފެނެއް މިއީ. މިއީ އަޅުގަނޑުމެން ބްރާންޗްގެ މުވައްޒަފުންނާއި، ޕްރޮޖެކްޓްގެ މުވައްޒަފުންގެ ވަރަށް ބުރަ މަސައްކަތެއް. ހަމަނިދި ނުނިދާ ތިބެގެން ކުރި މަސައްކަތް މިއީ، އިރާދު ކުރެއްވިއްޔާ އަޅުގަނޑުމެން މި އިންޖީނުގެ މި ނިއްވާލީ،" ބާ އިންޖީނުގޭގެ އިންޖީންތައް ނިއްވާލުމަށް ބޭއްވި ރަސްމިއްޔާތުގައި އާދަމް ސައީދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކެނދިކުޅުދޫ ކައުންސިލް ގެ ރައީސް މުހައްމަދު ރައޫފް ވިދާޅުވީ މި ސަރުކާރު އައިސް ވީ ފުރަތަމަ ވައުދުތަކުގެ ތެރޭން އެއް ވައުދަކީ ރަށު ސްކޫލާއި، އެހެނިހެން މުވައްސަސާތަކަށް އިންޖީނުގެއިން އަރާ ދުމާއި، އަޑުން ސަލާމަތް ކޮށްދިނުން ކަމަށެވެ. އަދި އެކަން ފުރިހަމަވެ އަމިއްލަ އަތުން އިންޖީނުގޭގެ އިންޖީންތައް ނިއްވާލުމުގެ ތަޖުރިބާ ލިބި އައު އިންޖީނުގެޔަށް ބަދަލުވުމަކީ ރަށައް ލިބުނު އަގު ނުކުރެވޭނެ ވަރުގެ އުފަލެއް ކަމަށެވެ.
މީގެ އިތުރުން އާ އިންޖީނު ގޭގެ ޙިދުމަތް ދޭން ފެށުމާއެކު ރައްޔިތުންނަށް އަސާސީ ގޮތުން ލިބެންޖެހޭ ފެންވަރުގެ ކަރަންޓް ލިބޭނެ ކަމުގެ ޔަގީންކަން ލިބިގެންދިއުމުގެ ސަބަބުން ވޮލްޓޭޖް ދަށްވުމާއި އިލެކްޓްރިސިޓީ އައުޓޭޖްތައް މަދުވެގެންދާނެ ކަމަށް ރައޫފް ވިދާޅުވިއެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1