ކެނދިކުޅުދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ޖޫނިއާ ކޮލެޖުގެ ކުރެހުން
ނ.ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖެއް ތަރައްޤީކޮށް ހިންގަން ހަވާލު ކުރި ވިލާ އެޑިޔުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް އެ މަސައްކަތް ނުފެށި އޮތީ ކޮންޓްރެކްޓުގައި ހުރި މައްސަލަތަކެއް ހައްލު ނުކުރެވި އޮތުމުން ކަމަށާއި އެ މައްސަލަތައް ހައްލުކޮށް ކޮންޓްރެކްޓް ނިމުމުން މަސައްކަތް ފަށާނެ ކަމަށް ވިލާ ކުންފުނީގެ ފައުންޑަރު އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ނ.ކެނދިކުޅުދޫގައި ތަރައްޤީކުރާ ޖޫނިއަރ ކޮލެޖަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށްގެން މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގާ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ކޮލެޖެކެވެ. އަދި މިއީ މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ މަޝްރޫޢުގެ ތެރެއިން ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ހިންގާ މަޝްރޫޢެކެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މި މަޝްރޫޢަކީ ހިންގަނީ ވިލާ އަށް ފަންޑުކޮށްގެން އިމާރާތް ކުރުމުގެ މަސައްކަތާއި ހިންގުމުގެ މަސައްކަތް ކުރާ އުސޫލުން (ބިލްޑް-ފައިނޭންސް-އޮޕަރޭޓް މޮޑެލް) ނެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގެ ދަށުން 2 އަހަރާއި 3 މަސްދުވަހުގެ ތެރޭގައި ކޮލެޖް ތަރައްޤީކޮށް ނިންމަން ޖެހެއެވެ. މިކޮލެޖް ހިންގުމަށް ވިލާއަށް ދީފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ.
"ތައުލީމީ ދާއިރާގައި ކަމެއް ކުރާއިރު އެއީ ދެކޮޅު ނުޖެހޭ ގޮތަކަށް ކަމެއް ކޮށްގެން އޭތި ސަސްޓެއިންއެއް ނުވާނެ ދެއްތޯ؟ އަޅުގަނޑުމެން ކަމެއް ކުރަނީ އަބަދުވެސް ސަސްޓެއިނަބަލްކޮށް އެކަމެއް ކުރެވޭނެ ގޮތްތަކުގެ މައްޗަށް ވިސްނައިގެން. އެހެން ނޫން ކަމަށް ވަންޏާ މާދަމާ ވެސް އޮންނާނީ ވެއްޓިފަ ދެއްތޯ. އެކަމެއް ތަރައްގީއެއް ނުކުރެވޭނެ،" ރިޔާސީ ކެމްޕޭނުގައި މިއަދު ކެނދިކުޅުދޫއަށް ކުރެއްވި ދަތުރުގައި ގާސިމް ވިދާޅުވިއެވެ.
ނ.ކެނދިކުޅުދޫގައި ތަރައްޤީ ކުރަން ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ މަތީ ފަންތީގެ ޓޫރިޒަމާއި، ހޮސްޕިޓަލިޓީ ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. ނަމަވެސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް މިކޮލެޖްގައި ހިންގުމަށް މަގުފަހިވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކުރިން ވިދާޅުވެއެވެ.
"އަޅުގަނޑުގެ ވިލާ ކޮލެޖު އެއީ. ތިޔަބޭފުޅުންގެ ވެސް ވިލާ ކޮލެޖު އެއީ. އޭގެ ބޭނުމަކީ ރާއްޖެއަށް ތައުލީމަށް އެވެއާނެސް ކްރިއޭޓް ކޮށްދީ، އިންސާނުން އިންސާނުންގެ ގޮތުގައި ނެރުން. އެކަމަށްޓަކައި އަޅުގަނޑުމެން ވާންޖެހޭ ގުރުބާނީއެއްވާން މި މަސައްކަތް ކުރަނީ،"
ގާސިމް އިތުރަށް ވިދާޅުވީ އެ މަނިކުފާނަކީ ވިލާ ކޮލެޖާއި ވިލާގެ އެހެން ކުންފުނިތަކުގެ ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް ބައްލަވާ ފަރާތެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ވިލާ ކޮލެޖުގެ ހިންގުން ހަވާލުކޮށްފައިވާ ޑރ އަހުމަދު އަންވަރު ވިދާޅުވީ ހަދާފައިވާ އެއްބަސްވުމުގައި ކުދި ކުދި މައްސަލަތަކެއް އުޅޭތީ އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ކޮންޓްރެކްޓް ނިމުމުން އަމަލީ މަސައްކަތް ފަށާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ޖޫނިއަރ ކޮލެޖް ޢިމާރާތް ކުރުމަށްޓަކައި ކެނދިކުޅުދޫން 86،000 އަކަފޫޓްގެ ބިމެއް ވަނީ ހަމަޖައްސާފައެވެ. މިޕްރޮޖެކްޓް ހުރިހާ ފިޔަވައްސެއް ނިމޭއިރު ޖޫނިއަރ ކޮލެޖުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެއެވެ. އަދި ޓޫރިޒަމާއި ހޮސްޕިޓަލިޓީގެ ފަންނީ ތަމްރީނުތައް ދިނުމަށާއި ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ޓޫރިސްޓް ފެސިލިޓީއެއް އިންސްޓިޓިއުޓާއެކު ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މަދުވެގެން 6 ކްލާސް ރޫމާއި ސީ.ޓީ ލެބޯރެޓަރީއަކާއި، އޮޑިޓޯރިއަމެއްގެ އިތުރުން ލައިބްރަރީއެއްވެސް ހުންނާނެއެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޖޫން 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ޑިސެންބަރު 2023
1