ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އަދިވެސް ސާފުކޮށް ދަންނަވަން ނޭނގޭ ކަމަށާއި އެކި އޮފީސްތަކުން އެކަމުގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށް ރައީސް ޑރ. މުހައްމަަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
ރައީސް މުއިއްޒު މިއަހަރު އޮތް ރިޔާސީ އިންތިހާބަށް ކުރެއްވި ކެމްޕޭނުގައި އެންމެ ގަދައަށް ދެއްކެވި ވާހަކައަކީ އިންޑިއާގެ ސިފައިން ރާއްޖެއިން ބާލާނެ ކަމުގެ ވާހަކައެވެ. އަދި ވެރިކަމާ ހަވާލުވެ އެންމެ ފުރަތަކަމަކަށް އެކަން ކުރައްވާނެ ކަމަށް ވިދާޅުވެފައިވާ އިރު، މިއަދު ރައީސް އޮފީހުގައި ކެބިނެޓު ބައްދަލުވުމުގެ ނިންމުންތައް ހާމަކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ގިނަައިން އަމާޒުވީ ވެސް އިންޑިއާ ސިފައިންގެ އަދަދާ ގުޅޭ ސުވާލެވެ.
އެންމެ ފުރަތަމަ އެކަމާ ގުޅޭގޮތުން ޖަވާބު ދެއްވަން ދެކޮޅު ހެއްދެވުމަށް ފަހު ތަކުރާރުކޮށް އެ ސުވާލު އަމާޒުވުމާ ގުޅިގެން ރައީސް މުއިއްޒު ވަނީ އެކަމާ ގުޅޭ ކަންކަން ކުރުމަށް ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ އަދި ރައީސް އޮފީސް ހިމެނޭ ކޮމިޓީއަކުން ހިނގަމުންދާކަން ހާމަކުރައްވާފަ އެވެ.
"ލިބުނު ލިޔުންތަކުން އެކި ފަހަރު އެކި އަދަދު ހުރީ އައިސްފައި 77 އިން ފެށިގެން 89 އަށް ހުރީ, އެވެސް ސާފެއް ނޫން. އަދިވެސް ހުރިހާ މައުލޫމާތެއް ސާފެއް ނޫން. އެއަށްވުރެ ގިނަ ވެސް ވެދާނެ," މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގަތުމަށް ފަހު އެއް ދުވަސް ފަހުން އެމަނިކުފާނުގެ ރަސްމީ އޮފީހުން ހާމަކުރީ ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިން ކަމަށެވެ.
އެއަށްފަހު އެމަނިކުފާނު މިފަހުން ތުރުކީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިން އެ ސުވާލު އަމާޒުކުރެއްވުމުން ވިދާޅުވީ ފަހުން ބައްލަވާލެއްވުމަށް ފަހު އަދަދެއް ވިދާޅުވާނެ ކަމަށެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1