ހޯޕް ފެރީގެ ހިތާ ލޯންޗް ދަތުރުކުރަނީ -- ފޮޓޯ: ހޯޕް ޓްރެވަލްސް
ހޯޕް ޓްރެވަލްސްއިން ނ އަދި ށ އަތޮޅުގެ ރަށްތަކުން ދަތުރުކުރާ ފަރާތްތަކަށް ހާއްސަކޮށްގެން "ހޯޕް ފެރީގެ އެންމެ މަގްބޫލު ރަށް 2023" ގެ ނަމުގައި ކޮންމެ އަތޮޅަކުން ވެސް އެއް ރަށަކަށް ހިލޭ ދަތުރުކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ހޯޕް ފެރީގެ ވައިބާ ކޮމިއުނިޓީގައި މި ފެށި ޕްރޮމޯޝަން ކުރިއަށްދަނީ ނ އަދި ށ އަތޮޅު، ދެ ސެގްމެންޓު ވަކިންނެވެ. ދެ ސެގްމެންޓުގައި ހިމެނޭ ރަށްތަށް ހިމަނައިގެން ހޯޕް ޓްރެވަލްސްގެ ވައިބާ ކޮމިއުނިޓީގައި ވޯޓުލާން މިހާރު ވަނީ ޕޯލް އެއް ހުޅުވާލައިފައެވެ. މި މަހުގެ 13 ވަނަ ދުވަހު ފެށި މި ޕޯލްއަށް ވޯޓުލުން ހަމަވާނީ މި މަހުގެ 25 ގައެވެ.
ހޯޕް ޓްރެވަލްސްއިން "ރަށްފުށު އޮންލައިން"އަށް މިއަދު ބުނީ މި ޕްރޮމޯޝަންގައި ކޮންމެ މީހަކަށްވެސް ބައިވެރިވެ އެމީހަކު ނިސްބަތްވާ ރަށަކަށް ވޯޓު ލެވޭނެ ކަމަށެވެ. އެގޮތުން ހޯޕް ފެރީގެ އެންމެ މަގުބޫލް މަންޒިލެއް ހޮވުމަށް ވޯޓުލައިގެން އެންމެ ގިނަ ވޯޓު ލިބޭ ރަށެއްގެ ރައްޔިތުންނަށް އެއް މަސް ދުވަސް ވަންދެން ހޯޕް ފެރީއިން ހާއްސަ ކުރެވިފައިވާ ސްލޮޓުތަކުން ޖާގައަށް ބަލައި ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ. އަދި ވޯޓުލުން ނިމުމުން ނ އަދި ށ ސެގްމެންޓުން އެންމެ މަގްބޫލު މަންޒިލެއް ހޮވިގެންދާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ހޯޕް ފެރީގެ އެންމެ މަގްބޫލު ސެގްމެންޓް (ނ)
ނ ސެގްމެންޓުގެ އެންމެ ކުރީގައި މިއަދާ ހަމައަށް އުޅެނީ މަނަދޫއެވެ. މަނަދޫއިން މިހާތަނަށް 463 ވޯޓު ވަނީ ހޯދައިފައެވެ. އެ ރަށާ އެންމެ ގާތުން ދެން ވާދަކުރާ މިލަދޫއިން ވަނީ 449 ވޯޓު ހޯދައިފައެވެ. ތިންވަނައިގައި އޮތް ހޮޅުދޫއަށް ލިބިފައިވަނީ 378 ވޯޓެވެ.
ހޯޕް ފެރީގެ އެންމެ މަގްބޫލު ސެގްމެންޓް (ށ)
ހޯޕް ފެރީގެ ށ ސެގްމެންޓުގައި މިހާތަނަށް އެންމެ ކުރީގައި އުޅެނީ މިލަންދޫއެވެ. އެރަށުން މިހާތަނަށް 561 ވޯޓު ހޯދާފައިވާ އިރު އެންމެ ގާތުން ވާދަކުރާ ފުނަދޫއަށް ލިބިފައިވަނީ 320 ވޯޓެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ހޯޕް ފެރީގެ ވައިބާ ކޮމިއުނިޓީ: https://bit.ly/HopeFerry-Vote2023 އަށް ވަދުމަށްފަހު އެބޭފުޅަކު ބޭނުންވާ ރަށަކަށް ވޯޓުލެވޭނެއެވެ.
0%
0%
0%
0%
0%
13 ޖުލައި 2024
0
1 ޖުލައި 2024
0
30 ޖޫން 2024
0
30 ޖޫން 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1